"ބާގީ4″ އުފެއްދުމުގެ މަޝްވަރާތަށް ފަށައިފި

"ބާގީ4″ އުފެއްދުމުގެ މަޝްވަރާތަށް ފަށައިފި

Author
ފާތިމަތު ނާވީ
18 ޖުލައި 2023 08:56
0

2013 ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑްއަށް ތައާރަފް އެކްޓަރު ޓައިގާ ޝްރޮޕް އޭނާ ގެ ކުރިއަށް އޮތް ފިލްމް އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ފިލްމް އަކީ "ހީރޯޕަންތީ" ގެ ޕްރޮޑިއުސަރު ސާޖިދް ނާޑިއަޑުވާލިއާ ގެ ފިލްމް "ބާގީ 4″ އެވެ. "ހީރޯޕަންތީ" އަށް ފަހު "ބާގީ"، "ބާގީ 2″ އަދި "ބާގީ 3″ އިން އެކްޝަން ހީރޯއެއްގެ މަގާމު އިތުރަށް ވަރުގަދަކުރި އެވެ. އަދި އެއާއި އެކުގައި އެ ސިލްސިލާގެ ހަތަރުވަނަ ފިލްމް "ބާގީ 4″ އާ އެކު ރީޔޫނިއަންއަކަށް މިހާރު މި ވަނީ ތައްޔާރުވެފައިއެވެ.

ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭގައި ސާޖިދު ނަދިއަދްވާލާ އާއި އޭނާގެ ލިޔުންތެރިންގެ ޓީމުން ވަނީ ބާގީ ފްރެންޗައިޒް ކުރިއަށް ގެންދިއުމުގެ ޕްލޮޓެއް އުފައްދައިފަ އެވެ. މި މައުޟޫއަކީ ފްރެންޗައިޒްގެ އަސްލު ދަމަހައްޓާނެ މައުޟޫއެއް ނަމަވެސް ޕެންޑަމިކަށްފަހު ގެނެވުނު އިހުސާސްތަކަށް ވިސްނައިގެން އާ ސްޕިންއެއް ވަނީ ލިބިފައެވެ.

އެ ޓީމްގެ ވިސްނުމަކީ ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިގެންދާ އެންމެ ބޮޑު އެކްޝަން ފިލްމެއް އުފެއްދުން،" ބާޣީ 4″ އާ ބެހޭ ގޮތުން ރަސްމީކޮށް އިއުލާނެއް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކުރާނެ ކަމަށް ބެލެވޭ ކަމަށް ފިލްމާ ގުޅުން ހުރި މީހަކު ބުންޏެވެ.

 

View this post on Instagram

 

A post shared by Tiger Shroff (@tigerjackieshroff)

ޓައިގާ ޝްރޮފްގެ އިތުރުން އެކްޝަނަރގައި އެންޓަގޯނިސްޓް ޓާން ކުޅެން އޭ-ލިސްޓަރަކާ އެކު އެ ޓީމުން އަންނަނީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ފިލްމް އާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ލިބޭނީ ބެލެވޭ ގޮތުގައި ފިލްމް އިއުލާން ކުރުމުންނެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.