ދަ ޑިމޮކްރެޓްސްއަށް ނަޝީދު ސޮއިކުރެއްވި ޖަލްސާއަށް ދިޔައީ 700 ވަރަކަށް މީހުން!

ދަ ޑިމޮކްރެޓްސްއަށް ނަޝީދު ސޮއިކުރެއްވި ޖަލްސާއަށް ދިޔައީ 700 ވަރަކަށް މީހުން!

Author
ހުސެއިން
14 ޖުލައި 2023 08:59
0

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކްފާނު އުފެއްދެވި އަމިއްލަފުޅު ޕާޓީއަށް ސޮއިކުރެއްވުމަށް ބޭއްވި ޖަލްސާއަށް ހާޒިރުވީ އާދޔާ ޚިލާފަށް މަދު އަދަދެއްގެ މީހުންކޮޅެއްކަން ހާމަވެއްޖެއެވެ.

ނަޝީދު ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރުމަށް ރޭ އާރޓިފިޝަލް ބީޗު ސަރަހައްދުގައި އެޕާޓީން ބޭއްވި ޖަލްސާ ބާއްވާފައިވަނީ އެޕާޓީއަށް ނަޝީދު ސޮއި ކުރައްވާކަން ދޫރާލާ އިއުލާން ކުރުމަށްފަހުއެވެ.

އެހެންނަމެސް ރޭގެ ޖަލްސާއަށްފަހު، ޖަލްސާގައި އެޕާޓީގެ އިސްފަރާތްތކުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، މަތިން ނަގާފައިވާ ފޮޓޯތައް މިހާރުވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މިގޮތުން ފެންނަ ފޮޓޯތަކުގައި ގޮނޑި ބަރިތަކުގައި އިށީނދެ ތިބި މީހުންގެ އަދަދު "ޕްރޮޕޯޝަނޭޓް"ކޮށް ހިސާބުކޮށް އަދި ޖަލްސާގެ އަޑުއެހުމަށް ޖަލްސާ ކުރިޔަށް ދިޔަ ސަރަހައްދުގައި ހާވިޔާވެފައި ކޮޅަށް ތިބި މީހުންގެ އަދަދު އަންދާޒާކޮށްލުމުންވެސް ރޭގެ ޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދު 750 އަށްވުރެ އިތުރު ނުވާނެކަން ހާމަވާން ހުރެއެވެ.

ހަމައެއާއެކު، މިއަހަރު ކުރީކޮޅު ބޭއްވުނު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިންމުމަށް ނަޝީދު ބޭއްވި ޖަލްސާއަށް ހާޒިރުވީ މީހުން އަދަދާއި ރޭގެ ޖަލްސާއަށް ހާޒިރުވީ މީހުންގެ އަދަދު އަޅާކިޔާފައިވާ، ދެޖަލްސާގެ ފޮޓޯތައްވެސް ވަނީ ސޯޝަލް މީޑިއާގައި މިހާރު އާންމު ވެފައެވެ.

މި ފޮޓާތަކުންވެސް ފެންނަ ގޮތުގައި، ރިޔާސި ޕްރައިމަރީގެ ކެމްޕޭން ނިންމުނަށް ނަޝީދު ބޭއްވި ޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދާއި އަޅާ ބަލާއިރު ރޭގެ ޖަލްސާއަށް ހާޒިރު ވެފައިވަނީ އާދަޔާ ޚިލާފަށް މަދު އަދަދެއްގެ މީހުންނެވެ.

ރޭގެ ޖަލްސާއަށް ހާޒިރު މީހުންގެ އަދަދު އަޅާކިޔުމަށް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ބައެއް ފޮޓޯތައް

"ދަ ޑިމޮކްރެޓްސް" ޕާޓީއަށް ނަޝީދު ސޮއި ކުރުމަށް ބޭއްވި ޖަލްސާއަށް އާދަޔާ ޚިލާފަށް މަދުން މީހުން ހާޒިރުވަފައިވާއިރު، ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެޕާޓީން ބާއްވާ ޖަލްސާތަކަށާއި އަދި އެއްވުންތަކަށްވެސް މިހާރު އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުންވެސް ދަނީ ހާޒިރު ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.