ޖޭޕީގެ ޓީމުތައް ހިންމަފުއްޓާއި، ހުރައަށް!

ޖޭޕީގެ ޓީމުތައް ހިންމަފުއްޓާއި، ހުރައަށް!

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2023 10:01
0

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމްހެ ކެމްޕެއިންގައި މިއަދު ޖޭޕީގެ ޓީމުތައް ކ.ހުރައާއި، ހިންމަފުއްޓަށް ވަޑައިގެންފިއެވެ.

ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހިމާއި، ޤާސިމްގެ ތަރުޖަމާން އަމީން އިސްކޮށް ހުންވައިގެން ކުރެއްވި މިދަތުރުގައި އެރަށުގެ ކެމްޕެއިން ޓީމުތަކާއި ބައްދަލުކޮށް ވަނީ ކެމްޕެއިން ހަރަކާތްތަށް ކުރިއަށް ގެންދާނެ ގޮތަކާއި، ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޖޭޕީގެ ޓީމުތަކުން ދަނީ މިހާރު ލ.އަތޮޅާއި، މާލެ ސިޓީގައިވެސް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. ޖޭޕީގެ ރިޔާސީ ކެނޑިޑެޓް ޤާސިމް ރިޔާސީ ކެމްޕޭނަށް އަދި ދަތުރުތައް ފައްޓާފައި ނުވިނަމަވެސް ވަރަށް އަވަހަށް ދަތުރުތައް ފަށާނެކަމަށް މައުލޫމާތު ލިބެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމަށް ތާއީދު ހޯދައި ދިނުމުގެ ގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި އޭނާގެ ޓީމުން ވަނީ ރ. އަތޮޅާއި، ބ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.