"ޗަންދުރަމުކީ 2″ ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

"ޗަންދުރަމުކީ 2″ ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
12 ޖުލައި 2023 10:24
0

ބޮލީވުޑްގެ ބިރު ކުޑަ ބަތަލާގެ ގޮތުގައި މަޝްހޫރު ކަންގަނާ ރަނާވަތް ފެނިގެންދާ ފިލްމް "ޗަންދުރަމުކީ 2″ ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ. މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގައިއެވެ.

"ޗަންދުރަމުކީ" ގެ ނަމުގައި ސައުތުގެ ފިލްމް އެއް ވަނީ ގެނެސްދީފައިއެވެ. ބޮޑު ކާމިޔާބެއް ބޮކްސް އޮފީހުގައި ހޯދި މި ފިލްމް ގައި ފެނިގެން ދިއައީ ރަޖްނިކާންތާ އާއި ނަޔަންތަރާގެ އިތުރުން ޖޯތިކާ އާއި ނައްސަރު އަދި ޕްރަބޫގެ އިތުރުން ވަޑިވެލޫއެވެ.

 

މި ފިލްމް ގައި ކަންގަނާ ފެނިގެންދާނީ ޖިންނި އަވަލައިފައިވާ މީހެއްގެ ރޯލުންނެވެ. މި ފިލްމް އަކީ  ހޮރޯ-ކޮމެޑީއެކެވެ. ފިލްމް އަކީ އުންމީދީ ފިލްމްއެކެވެ. ސަބަބަކި ކަންގަނާ އާއި އެކުގައި ފިލްމް ގެ ލީޑޫން ފެނިގެންދަނީ ރަގަވާ ލޯރެންސްއެވެ.

ރާގަވް ލޮރެންސް އަކީ ދެހާސް ވިހީގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ" ޑައިރެކްޓްކުރި ތަމަޅަ އެކްޓަރު ވެސްމެއެވެ. މިހާރު އެންމެ ކާމިޔާބު ކަމަށް ފާހަގަ ކުރެވެނީ ސައުތު އަދި އިންޑިއާގެ ބަތަލުން ގުޅިގެން ކުރިއަށްގެންދާ ފިލްމް ތަށް ކަން ފާހަގަ ކޮށްލެވެއެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

"ޗަންދުރަމުކީ 2″ އިން ފެނިގެންދަނީ ކަންގަނާ ފިޔަވާ މުޅިންވެސް ސައުތުގެ ތަރިންނެވެ. ކާސްޓުގައި މަހިމާ ނަމްބިއާ، ލަކްޝްމީ މެނޮން، ރާދިކާ ސަރަތްކުމާރު، ސުބިކްޝާ، ރަވީ މާރިއާ، ޓީއެމް ކާތިކް ސްރީނިވާސަން އަދި ""ޗަންދުރަމުކީ" ގައި ވެސް މުހިންމު ރޯލެއް ކުލެފައިވާ އެކްޓަރު ވިދިވިލޫއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.