އިދިކޮޅު ފަރާތްތަކުން އަޅަން ހުރި ހުރިހާ ހަރުއެއްޗެ އަޅާނިމިފައިވާކަމަށާއި، ދެން އެޅޭނީ ހުސް ޅައެއްޗެހި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވަމުން ދާއިރު، އިންތިޚާބުގެ ކެމްޕެއިންގެ ފޯރި ވަނީ ގަދަވެފައެވެ. ރައީސް ޞާލިހުގެ ކެމްޕެއިން ރޭ ރަސްމީކޮށް ފަށާފައިވާއިރު، ސަމީރަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލުން އެޕާޓީން ވަކިން އިންތިޚާބުގައި ވާދަކުރަން ނިންމި ނިންމުމާއި ދެކޮޅު ހަދައި ރައީސް ޞާލިހަށް ތާއީދު ކުރެެއްވި ބޭފުޅެކެވެ.
ސަމީރު ވިދާޅުވީ މިއަދު އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ވިއްކާނެ އެއްވެސް އެއްޗެއް ނެތުމުން ފިތުނަފަސާދަ އުފަންކުރުވައިގެން ދޮގުވިއްކައިގެން ރައްޔިތުންނަށް ހަގީގަތް އޮޅުވާލެވިދާނޭ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. މިއަދު އިދިކޮޅު ފަރާތްތަކަށް އޮތް ހަމައެކަނި ގޮތަކީ އިއްޔެގެ އަނިޔާވެރިވި ޒާލިމުންނަށް ސަނާކިޔާ އިއްޔެގެ އަނިޔާވެރިކަން، މިއަދު އެއީ ނުވެސް ވާ ކަމަކަށް ހަދައިގެން އަނެއްކާވެސް ރައްޔިތުންނަށް އޮޅޮވާލައިގެން ވޯޓް ހޯދަން މަސައްކަތް ކުރުން ކަމަށެވެ.
މިފަދަ އޮޅުވާލުންތަކަށް ރައްޔިތުން މިއަދު މި ތިބީ ނުހަނު ބޮޑަށް ލޯތައް ހުޅުވާ ގެން ގާތުން ބަލަންކަން އެނގެން ވާނެ. އިދިކޮޅު ފަރާތްތަކުން އަޅަން ހުރި ހުރިހާ ހަރުއެއްޗެ އަޅާނިމިއްޖެ، ދެން އެޅޭނީ ހުސް ޅައެއްޗެހި އަދި ދެން އަޅަން ހުންނާނީވެސް ހުސް ޅައެއްޗެހި، ގޮބަޅިނޫން އެއްޗެއް ނެތް މަތިވެރި މުޅިީންހެން ހުސްވެ ނިމިއްޖެ. ދިމާއަށް ތާއީދު ނެތޭބުނެ ހުށަހެޅީމާ ދެން ބޭކާރު ބަހަނާތަކެއް ދައްކަވަން އުޅުއްވާނެކަމެއް ނެތް.
– ސަމީރު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ވެރިކަމަށް ގެނައި ފަރާތްތަކުން ތެރެއިނން އަދާލަތު ޕާޓީ ފިޔަވައި ދެން ތިއްބެވި ހުރިހާ ބޭފުޅުން ވަނީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ. ޤާސިމް އިބްރާހިމާއި، ރައީސް ނަޝީދާއި، ރައީސް މައުމޫނާއި، ކާނަލް ނާޒިމް ވަނީ ރައީސް ޞާލިހުގެ ވެރިކަން ނިންމުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ޞާލިހު ވިދާޅުވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވަނީ އެންމެ ބޮޑު ކޯލިޝަނަކާއިއެކު އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެއްވުމަށް ކަމަށެވެ.
One Response
ތިގޯތަށްވެސްއަބިދަރިންނަށްކާންދެވޭތޯބަލާތިން މީހުންބޯކާގެންވެސް ތަންދޮރުނެންގެންޒާވާނީމިހެންތާ