55 ޤައިދީއަކަށް ޚާއްޞަކޮށްގެން ރިހިބިލިެޓޭޝަން ޕްރޮގްރާމެއް ފަށައިފި

55 ޤައިދީއަކަށް ޚާއްޞަކޮށްގެން ރިހިބިލިެޓޭޝަން ޕްރޮގްރާމެއް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
07 ޖުލައި 2023 09:14
0

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން 55 ޤައިދީންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަޤްޞަދަކީ ޤައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢަށް ނުކުންނައިރު އެފަރާތްތަކަކީ އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށްމަގުފަހިކޮށްދިނުން ކަމަށެވެ.

ކަރެކްޝަނުން ބުނީ ރިހެބިލިޓޭޝަން ފްރޭމްވަރކް އެކުލެވިގެންވަނީ ހަތަރު ފޭސްއެއްގެ މައްޗައްކަމަށެއެވެ. އެއީ ޤައިދީންގެ ކިބާގައި “ޑިސިޕްލިން” ބިނާކުރުމާއި އެމީހުންނަށް “ސައިކޮލޮޖީ ޕްރޮގްރާމްތައް” ހިންގުމާއި “އެޑިއުކޭޝަން އަދި ވޮކޭޝަން” ދަސްކޮށްދިނުމުގެ އިތުރުން “ޕްރިޒަން ކޮމިއުނިޓީ ސަރވިސް”ކަމަށެއެވެ.

އެގޮތުން ފުރަތަމަ ފޭސްގައި ބޮޑަށް ކުރިއަށް ގެންދާނީ ލައިފްސްކިލްސް ކްލާސްތަކާއި ދީނީ ކްލާސްތަކުގެ އިތުރުން ފުޓްޑްރިލް އާއި ޕީޓީ ކްލާސްތައްކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ. ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 1 ގެ އަންހެން ޤައިދީންގެ 7 ވަނަ ބެޗް މާފުށީ ޖަލުގައި ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު 1 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމްގައި ޖުމްލަ 17 އަންހެން ގައިދީން ބައިވެރިވެފައިވެއެވެ.

ޖަލުތަކުގައި ކުރިއަށްގެންދިޔަ ފުރަތަމަ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ޖުމްލަ 32 މީހަކުވަނީ މުޖުތަމަޢަށްވަނީ ދޫކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.