އަދީބުއަށް ވަނީ ފުރާނައަށް ނުރައްކާވާފަދަ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފަ: އެމްޓީޑީ

އަދީބުއަށް ވަނީ ފުރާނައަށް ނުރައްކާވާފަދަ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފަ: އެމްޓީޑީ

Author
ހުސެއިން
06 ޖުލައި 2023 09:59
0

އެމްޓީޑީގެ ރައީސް އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް، ފުރާނައަށް ނުރައްކާވާފަދަ ނާރުގެ މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް އެމްޓީޑީން ބުނެފިއެވެ.

އަދީބު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ރޭގެ ވަގުތެއްގައި ފަރުވާ ދޭން ފެށުމާއި ގުޅިގެން އޭނާ ރައީސްކަން ކުރައްވާ އެމްޓީޑީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަދީބުއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ، ބައިނަލްއަގުވާމީ އުސޫލުތަކާއި، އަދި ރާއްޖޭގެވެސް ގާނޫނުތަކާއި ޚިލާފަށް 2015 އިން 2018އަށް 24 ގަޑިއިރުވަންދެން، ބޭރަށް ނުނުކެމެވޭގޮތަށް، އޭނާ ޖަލު ބަންދުގައި ބޭއްވުމުގެ ސަބަބުން ކަމަށެވެ. އަދި އަދީބުގެ ހާލަތު މިހާރު ހުރީ ކަންބޮޑުވާންޖެހޭފަދަ ހާލަތެއްގައި ކަމަށްވެސް އެމްޓީޑީން ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.

އަދި ބުނެފައިވަނީ އޭނާގެ ހާލަތު ގާތުން ވަޒަންކޮށް، މައުލޫމާތު ލިބުނުވަރަކުން އާންމުނާ ހިއްސާ ކުރަމުންދާނެ ކަމުގައެވެ.

އަދީބުގެ ގާތް ބޭފުޅަކު ވިދާޅުވީ އޭނާއަށް ފަރުވާ ދެމުންދަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ނޭގޭ ކަމުގައެވެ. ނަމަވެސް ކުއްލިއަކަށް އަދީބަށް ފަރުވާ ދެމުންދާއިރު މީގެ ކުރިންވެސް ވަނީ ލޮލުގެ އެކި މައްސަލަތަކާއި، ޞިއްޚީ އެކި މައްސަލަތަކުގައި އަދީބަށް ކުއްލި ފަރުވާތަކެއް ދީފައެވެ.

އަދީބަށް ފަރުވާދެމމުންދަނީ އޭނާ ރާއްޖެއިން ބޭރަށް ފުރާވާލަން އުޅޭކަމަށް ބުނެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. މިހާރު ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ދިނުމުން އަދީބު ރާއްޖެ އިން ބޭރަށް ފުރުވާލާނެ ކަމަށް ކުރިން ވެސް އޮތީ އަޑުފެތުރިފައެވެ. އެމައްސަލައިގައި އަދީބު މިހާރު ވަނީ ޔާމީން އާއި ދެކޮޅަށް ހެކިބަސް ދީފައެވެ.

ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން އަދީބު ހުންނެނީ ގޭބަންދުގައެވެ. ނަމަވެސް އޭނާގެ މައްޗަށް އިއްވާފައި ވަނީ ޖަލު ހުކުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޭ ޭއެކުވެރިއެއް
ޭއްވެސް މީހަކަށް އަނެކަކަށް ދެރައެއް ދީފަކޒާ މޮޅެައް ޖުވާނެ
އ އަރުޝި
ފުރާނަ އަށް ނުރައްކާ ކޮންކަމެއްތޯ
ދ ދަލޭކަ
ދޮގުހަދާ ހަދާގޮސް ދުލުގެ ނާރުތައް ބުރިވީ ދޯ
ވ ވ
ޖަލައްލީ އަދި ުއެކަނިތަ ޖަލައް ވަންނަމީހުންގެ އަދަދުވެސްނޭގެއެގޭނެކަމެން މަރުވެގެން ކަންވަޅަށްދާމީހުންވެސް ޖަލައްލުމުގެސަބަބުންތަ އަނެއްކާ ޔާމީނަށް ވާނީކިހިނެއްބަ މިސަރުކާރަކީ ޔާމީނުގެފުރާނަޔަށް ދަހިވެތިވެފާ ވާސަރުކާރެން
އ އަހަރެން
އަވަސްށިފާ އަކަށް އެދެން ދެންވެސް ވަގުތު ފާއިތހުނުވަނީސް ދޮގުހެކި ދެވިފަވާނަމަ މާފައްއެދި ތައުބާވުމައް ގޮވާލަން އަދި ކާރިން ބައްލަވާބޭފުޅުންވެސް އެފަދަ ނަސޭހައްދެއްވުމައް ގޮވާލަން