ހައްޖުގެ އަޅުކަމަށްފަހު ނައިބު ރައީސް މާލެ ވަޑައިގެންފި

ހައްޖުގެ އަޅުކަމަށްފަހު ނައިބު ރައީސް މާލެ ވަޑައިގެންފި

Author
އަޒްފާ ރަޝީދު
04 ޖުލައި 2023 12:10
0

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ނައިބު ރައީސް މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަހަރު ކަނޑައެޅުއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، 1444 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންނެވީ ޖޫން 22 ވަނަ ދުވަހުއެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުން އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެ އެވެ. އަދި އެންމެ ފަހު ގްރޫޕް އަންނާނީ މި މަހުގެ 14 ގަ އެވެ.

ރާއްޖެ އިން މިއަހަރު ހައްޖަށް ހަތަރު މީހަކު ނިޔާވެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.