ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ 6 ދުވަސް ފަހުން، ހައްޔަރުކޮށްފި

ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ 6 ދުވަސް ފަހުން، ހައްޔަރުކޮށްފި

ނިމިދިޔަ ބޮޑު އީދު ދުވަހުގެ ފަތިހު މަޖީދީ މަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލް ދުައްވަން އިން ޒުވާނާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރުކުރީ 22 އަހަރުގެ ޒުވާނެކެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ސައިކަލް ދުއްވި ޒުވާނާ އަތުގައި ލައިސަންސެއް ނޯވެއެވެ.

މިއެކްސިޑެންޓް ހިނގީ އަލީ ހަފީޒް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ. އެ ދުވަހަށްފަހު ހަފީޒަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ހަފީޒަށް ބޭނުންވާ އިތުރު ފަރުވާ ހޯދުމަށް އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށް އެއާ އެމްބިއުލާންސެއް ހޯދުމަށްޓަކައި ފައިސާ އެއްކުރުމުގެ މަސައްކަތް އާއިލާގެ ބޭފުޅުންނާއި ބައެއް ރަށްޓެހިން ގެންދަނީ ކުރަމުންނެވެ.

އެއާ އެމްބިއުލާންސެެއް ޗާޓަރު ކުރާނަމަ ގާތްގަނޑަކަށް 42،500 ޑޮލަރު ނުވަތަ 655،000 ރުފިޔާ ހަރަދުވާ ކަމަށް އެނގިފައިވެއެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 18 އަހަރު ވެފައިވާ ހަފީޒް އެކްސިޑެންޓްވީ ލައިސަންސް ނެތި ސައިކަލް ދުއްވި 22 އަހަރުގެ ޒުވާނެއްގެ އަތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޒުވާނާގެ ނަމެއް އެޑްރެހެއް ނޯވޭބާ ޒުވާނަކު ފިރިހެނަކު މީކީ ޝައްކުވާ ކަމެއްވެސް ނޫނެއްނު ޔަގީން ކަމެއްގަ ކީއްވެތަ ނަމާ އެޑްރެސް ނުބުނަންވީ

Leave a Reply

Your email address will not be published. Required fields are marked *