ރައީސްގެ އެޑްވައިޒަރުކަމުން ޝިހާބު އިސްތިއުފާ ދެއްވައިފި

ރައީސްގެ އެޑްވައިޒަރުކަމުން ޝިހާބު އިސްތިއުފާ ދެއްވައިފި

Author
ހުސެއިން
02 ޖުލައި 2023 08:22
0

ރައީސް ސާލިހުގެ އެޑްވައިޒަރު ކަމުގެ މަގާމްގައި ހުންނެވި މުހައްމަދު ޝިހާބު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޝިހާބު މަގަމުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުންވަނީ ޔަގީން ކޮށްދީފައެވެ.

ޝިހާބުއަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމާއި، މަޖިލިހުގެ މެމްބަރުކަމުގެ އިތުރުން ދެ ވުޒާރާއެއްގެ ވަޒީރުކަމާއި އަދި މާލޭގެ މޭޔަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުުރުންވެސް ސަރުކާރުގެ އެކި އިދާރާތަކުގައި ދިގު މުއްދަތެއްވަންދެން އޭނާވަނީ އިސް މަގާމްތަކެއް ފުރުއްވާފައެވެ. އޭގެ އިތުރުން އޭނާވަނީ އެމްޑީޕީގައިވެސް ފާއިތުވެދިޔަ ތަނުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

ޝިހާބު އެޑްވައިޒަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭނާވަނީ ދާދިފަހުން، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުގެ ފަރާތުން ޖުމުހޫރީ ޕާޓީއާއި ބައްދަލުކުރުމަށް ފިކުރެއްގެ ދިރުމުގެ އިސް ބޭފުޅުންނާއެކު ސަން އައިލޭންޑަށް ވަޑައިގެންފައެވެ.

އެހެންނަމަވެސް އެއަށްފަހު އޭނާ ނަޝީދު ހިންގަވާ ސިޔާސީ ހަރަކާތްތަކުން ފެނިފައެއް ނުވެއެވެ. އަދި ނަޝީދު އުފެއްދެވުމަށް މިހާރު ތައްޔާރުވަމުންދާ "ދަ ޑިމޮކްރެޓްސް" ޕާޓީއާއި ގުޅިވަޑައިގަންނަވާނެކަމެއްވެސް ސާފުވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.