ކެންދޫގައި ޖޭޕީގެ ޓީމު ދޮރުން ދޮރަށް

ކެންދޫގައި ޖޭޕީގެ ޓީމު ދޮރުން ދޮރަށް

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2023 11:46
0

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޓީމުން މިހާރު ކުރަމުންދާ ދަތުރުގައި، ބ.ކެންދޫގައި ޑޯޓުޑޯ ހަރަކާތް ކުރިއަށް ގެންގޮސްފިއެވެ.

ޖޭޕީގެ ފަރާތުން ބ.އަތޮޅުގެ ރަށްތަކަށް މިކުރާ ދަތުރުގައި އިސްކޮށް ތިއްބެވީީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމްއާއި، ޤާސިމްގެ ތަރުޖަމާން އަމީނެވެ. އަދި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރު އަލީ ހުސެއިންވެސް ބައިވެެރިވެއެވެ. މިދަތުރުގައި މިއަދު ވަނީ ކެންދޫއަށް ވަޑައިގެން ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާފައެވެ.

ޖޭޕީން ދަނީ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރާ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމަށް ތާއީދު ހޯދުމަށާއި، ތާއީދު އިތުރު ކުރުމުގެ ޚާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަމުންނެވެ.

ޖޭޕީން މިހާރު ވެސް ދަނީ ހއ. އއ. ރ އަތޮޅުގެ ބައެއް ދާއިރާތަކުގައި ޖޭޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

އެގޮތުން ޖޭޕީގެ ލީޑަރގެ އެޑްވައިޒަރ ޔަޝްފާ އަބްދުލް ގަނީގެ ލީޑަޝިޕްގެ ދަށުން މަކުނުދޫ ދާއިރާގެ ރަށްރަށުގައި މިހާރު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ދާއިރު ކައުންސިލް މެމްބަރު މުޙައްމަދު އަލީ އަދި ދައިރާ ކެމްޕެއިން ފޯކަލް ޕޮއިންޓް ފަޒީލާ ރަޝީދު މަތިވެރި ދާއިރާގައި ކެމްޕެއިން ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވާދަކުރާއިރު، އެޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިން މޭޓަކަށް ކަނޑައަޅާ ބޭފުޅަކު ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.