މަރުގެ އިންޒާރުދިން މައްސަލައެއްގައި ހުޅުމީދޫން މީހަކު ހައްޔަރުކޮށްފި

މަރުގެ އިންޒާރުދިން މައްސަލައެއްގައި ހުޅުމީދޫން މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2023 11:04
0

މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި އައްޑޫ ސިޓީ ހުޅުމީދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ސ. ހުޅުމީދޫގައި ރަށުތެރޭގެ އަމަން ނަަގާލަން އުޅުނު ކަމުގެ ތުހުމަތުގައި މި މަހުގެ 27 ވަނަ ދުވަހު މީހަކު ހައްޔަރުކުރި ކަމަށާއި އެއީ ޢުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު 24 ގަޑިއިރު ފަހުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވި ކޯޓް އަމުރެއްގެ ދަށުން ޖޫން 28 ވަނަ ދުވަހު އޭނާ އަނެއްކާވެސް ހައްޔަރުކޮށްފައިވާކަމަށެވެ. މިފަހަރު އޭނާ ހައްޔަރުކުރީމީހަކަށް މަރުގެ އިންޒާރުދިން މައްސަލައިގައިކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.