ޤާސިމްގެ ރިޔާސީ ކެމްޕެއިން ފޯރީގައި ކުރިއަށް!

ޤާސިމްގެ ރިޔާސީ ކެމްޕެއިން ފޯރީގައި ކުރިއަށް!

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމްގެ ކެމްއިން ހަރަކާތްތައް އަތޮޅު ތެރޭގައި ފަށައިިފިއެވެ.

ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޓީމުތައް ޢީދު ބަންދުގައިހަރަކާތްތެރި ވަމުން ދަނީ އުތުރުގެ ރަށްތަކުގައެވެ. އުތުރުގެ ގިނަ ރަށްތަކެއްގައި ޖޭޕީގެ ޓީމުތައް ދަނީ އީދު ކުޅިވަރާއިއެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. ކެމްޕެއިނަށް ދިޔަ ޓީމުތަކުގެ ތެރޭގައި ޖޭޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ހިމެނެއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދިވެހި ރައްޔިތުންގެ ހާސްކަން ފިލުވާލައި ރައްޔިތުންނަށް ހަމަޖެހުން ގެނެސްދިނުމަށް ދިވެހީން ދުވަހަކުވެސް ދެކިފައިނުވާ ފަދަ އިންގިލާބީ ބަދަލުތައް ގެނައުމަށް ވަރަށް ތަފްސީލީ މެނިފެސްޓޯއެއް އެކުލަވާލައިފައިވާ ކަމަށެވެ. ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ ތެރޭގައި ދިވެހިންގެ މާތްވެގެންވާ ދީނާއި އަދުލު އިންސާފާއި ގައުމީ ސަލާމަތީ ބާރުތަކާއި ދިވެހިންގެ ޑިމޮކްރަސީ އާއި މިނިވަންކަމާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުމްރާނީ ތަރައްގީ އާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ހިމެނެއެވެ.

އަދި ރާއްޖެ ދަރަނިވެރިކަމުން ސަލާމަތްވާނެ އާ ވިސްނުންތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރި އާއި އިގްތިސާދު ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ސިއްހަތާއި ތައުލީމާއި ޑްރަގްގެ ވަބާ އިން ސަލާމަތްވެފައިވާ ރާއްޖެއެއް ހޯދުމާއި ވަކި އަތަކަށް ބުރަނުވާ ދިވެހީން ފުރަތަމަ އަންނަ ހާރިޖީ ސިޔާސަތެއް ބިނާ ކުރުން ހިމެނެއެވެ.

މީގެއިތުރުން ތިމާވެށި ހިމާޔަތް ކުރުމާއި އާޓިފިޝަލް އިންޓެލިޖެންސަށް އަހުލުވެރި ރާއްޖެއެއް އުފައްދައި އިންފޮމޭޝަން ޓެކްނޮލޮޖީ ހަރުދަނާ ކުރުމާއި ވިޔަފާރި ހަރުދަނާ ކުރުމާއި އިސް ރަށްވެހިންނާއި ޒުވާނުންނާއި ކުޅިވަރާއި އަންހެނުންނަށް ހާއްސަ ރަން ޒަމާނެއް ގެނައުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އަދި މާލީ އިދާރާތަކާއި ގައުމީ ބޭންކް ހަރުދަނާ ކުރުމާއި ރާއްޖޭގެ ދަތުރުފަތުރަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި ފަތުރުވެރިކަމާއި ގެސްޓު ހައުސް އިތުރު ގިއަރަކަށްލުން ފަދަ ކިތަންމެ ކަމެއް މެނިފެސްޓޯގައި ހިމެނޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރިިޔާސީ އިންތިޚާބުގައި ޤާސިމް ވާދަ ކުރައްވަން ނިންމައި ކެމްޕެއިން ހަރަކާތްތައް ފަށާފައިވާއިރު، ރައީސް ޞާލިހުގެ ކެމެޕެއިން ހަރަކާތްތައްވެސް މިފެށޭ ހަފްތާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ގާސިމު ހޮވާފިނަމަ ގައުމު ދަށުވާލާނެ މިހާރުވެސް އެއުޅެނީލިބޭވަރު މަދުވެގެން

  2. ގާސިމު ހޮވާފިނަމަ ގައުމު ދަށުވާލާނެ މިހާރުވެސް އެއުޅެނީލިބޭވަރު މަދުވެގެން
    ދެންމިވަރުގެ މީހަކައް ގައުމު ހިންގަން ދިނީމަވާނެ ގޮތްރައްޔިތުން ތިބޭބަލަން
    ކަޑުވިއްކާލި މައްސަލާގަ ގާސިމު އަކައްނުކެރުނު ބަސްބުނަން ދެންއެވަރުގެ މީހަކައްގައުމުދިނީމަ ގަޣުމުދާނި ދާނިގޮތަކަށް

Leave a Reply

Your email address will not be published. Required fields are marked *