ރަށްވެހިކަން ބަދަލުކުރި، އިންޑިއާ މީހަކަށް ވެސް މާލެއިން ގޯތި ލިބިއްޖެ

ރަށްވެހިކަން ބަދަލުކުރި، އިންޑިއާ މީހަކަށް ވެސް މާލެއިން ގޯތި ލިބިއްޖެ

Author
މުޙައްމަދު ޝަޒައިމް
28 ޖޫން 2023 09:25
0

މާލޭން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރިއިރު، ރަށްވެހިކަން ބަދަލު ކުރި އިންޑިއާ މީހަކަށް ވެސް ގޯތި ލިބުމަށް ޝަރުތު ފުރިހަމަވެފައިވާކަން ހާމަވެއްޖެއެވެ.

އާއްމުންގެ އެކުވެރި ގުޅުން ޖަމްއިއްޔާގެ ރައީސް މިދުއަމް ސައުދު ޓްވިޓާ އެކައުންޓުގައި ވިދާޅުވެފައިވަނީ އެމީހާގެ ނަމަކީ ހަބީބް ރަހިމާން މުހައްމަދު ހަނީފް ނަމަކަށް ކިޔާ މީހެއް ކަމަށެވެ. މިދުއަމް ވިދާޅުވެފައިވާ ގޮތުގައި މި މީހާ އަކީ މާލޭ މީހާކާ އިނދެގެން އުޅޭ މީހެކެވެ. އަދި އެމީހާ މާލޭގެ ރައްވެއްސަކަށް ބަދަލުވީ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައެވެ. އަދި މި ލިސްޓުގައި އެމީހާ އޮންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މިދުއާމް ވިދާޅުވިއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި 'ގެދޮރުވެރިޔާ ކޮމިޓީ’ން އާންމު ކުރި ލިސްޓުން ދައްކާ ގޮތުގައި ހަބީބް ރަހިމާން މުހައްމަދު ހަނީފް ނަމަކަށް ކިޔާ އެ މީހާއަށް ވަނީ ގޯތި ލިބުމަށް ޝަރުތު ފުރިހަމަވެފައެވެ.

އެލިސްޓުން ދައްކާ ގޮތުގައި ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އެމީހާއަށް އޮވެއެވެ.

އޭނާއަށް ގޯތިލުމުގެ ޝަރުތު ފުރިހަމަވެފައިވާއިރު، ސަރުކާރުން އާންމު ކުރި އެލިސްޓުގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްއެމްޕިއާރުސީގެ ހިޔާނާތުގައި ޝާމިލުވާ ބައެއް ފަރާތްތަކުން ހިމެނޭތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީބާ
މާލެއަށް އުފަން ދިވެސްސަކައްވުރެ އިއްޔެމެންދުރުު ރައްވެހިވީ މީހާ ޕޮއިންުުޓުު ގިނަވެ ގޯތި ތިޔަދިނީ... އަންސާފެއް ނެތް