ވައްކަންކުރި ކަމަކަށް ޝަރީީއަތަށް ސާބިތުވި ދެ ރައީސުންނަކީ ޔާމީނާއި، ނަޝީދު: މޫކޭ

ވައްކަންކުރި ކަމަކަށް ޝަރީީއަތަށް ސާބިތުވި ދެ ރައީސުންނަކީ ޔާމީނާއި، ނަޝީދު: މޫކޭ

ރާއްޖޭގެ ތާރީހުގައިވެސް ވައްކަން ކޮށްގެން އެކަން ޝަރީއަތަށް ސާބިތުވި ދެ ރައީސުންނަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލިމަނިކު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިިންތިޚާބާއި ގާތްވަމުންދާ ވަރަކަށް ސިޔާސީ ގޮތުން ބަހުގެ ހޫނު ހަމަލާތަކާއި، ސިޔާސީ ލީޑަރުންނަށް އަމާޒުވާ ބަހުގެ ހަމަލާތައް ވަޏީ އިތުރުވެފައެވެ. މޫކޭ ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް ވައްކަމެއް ކޮށްގެން އެކަން ޝަރުއީ ކޯޓަކުން ސާބިތުވި ހަމައެކަނި ދެ ރައީސުންނަކީ ރައީސް ޔާމީނާއި، ރައީސް ނަޝީދު ކަމަށެވެ. އެނޫން އެއްވެސް ރައީސަކަށް ވައްކަން ކޮށްގެން އަދި އެފަދަ ތުހުމަތުތަކެއް ކުރެވި ކޯޓަކުން އެކަމެއް ސާބިތު ވެފައި ނުވާކަމަށެވެ.

ވެލާނާގެއިން ވައްކަން ކުރައްވައިގެން އަރުވާލެއްވި ރައީސް އަންނި އާއި ފަޅުރައްތައް ވިއްކައިގެން ވައްކަން ސާބިތުވެ ޖަލަށް ލާފައިވާ ޔާމީނު ނޫނީ ދެ ވަގުން ކަމަށް ޝަރުޢީ ގޮތުން ކުށް ސާބިތުވެފަވާ އެހެން ރައީސަކުނެތް.

– މޫކޭ ވިދާޅުވިއެވެ.

ރައީސް ޔާމީނާއި، ރައީސް ނަޝީދަކީ ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ މަގުބޫލު ދެ ބޭފުޅުންނެވެ. ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާއިރު، އެމަނިކުފާނަށް ތާއީދުކުރާ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުންދަނީ އެހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ. އަދި އެކަން ރަނގަޅަށް އިންސާފުގެ މަގުން ބަލައި ނިމޭއިރު ރައީސް ޔާމީން މިނިވަން ވާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.

މޫކޭގެ މިފާޑުކިޔުމާއި ގުޅިގެން އޭނާއަށް އަމާޒުވި ފާޑުކިޔުންވަނީ މާބޮޑަށް އިތުރުވެފައެވެ. އެގޮތުން މޫކޭ ހަވާލުވެ ހުންނެވި އާރުޑީސީގެ ތިޖޫރީ ވަނީ 3 ފަހަރަކަށް ފަޅާލައި ގިނަ އަދަދަކަށް ފައިސާ ވަގަށް ނަގާފައެވެ. މިކަމުގައި މޫކޭގެ އަތެއްވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އޭނާ ބުނެފައިވަނީ މިކަނަކީ އޭނާއާއި އެއްވެސް ގުޅުމެއް ނެތްކަމެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. މިވެރިކަންނިމޭދުވަހަކުންް އެގޭނެެ ވައްކަންތައްކުރީީ ކޮންބަޔެއްް ކޮންވައްކަންތަކެއްކަންް ކެއްކޮއްލާާ ވަގުތުހަމަވަނީި މުކޭމެންގެެ ކުޅިވަރުގަޑުވެސްް އެގޭނެެ ފިލަންނުދުވެެ މަޑުކުރޭޭ ނިމެނީީ ނިމެނީީ ނިމެނީީ ވޯޓައްް އިންތިޒާރުކޮއްލާާ

  2. އޭ މޫކޭ.ތިހެން އަނގަ އަރުވަން މާގިނަދުވަހެއްނެތް.މި ވެރިކަން ނިމެނީ.އެއިރުން ސައިޒުވާނެ.މާ ބޮޑު މަގާމެއް ވެދުމަށް އެރުވީމަ އަނގަ އަރުވަންވެސް ޖެހޭނެ.އެހެން ނޫނިއްޔާ ފުލް މުސާރަ ނުލިބޭނެވިއްޔާދޯ؟މީދެންކާކު ނަޝީދޭ ޔާމީނޭ ކިޔައިގެން އަނގަ އަރުވަން.

Leave a Reply

Your email address will not be published. Required fields are marked *