އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ރައީސް ޞާލިހު ހޯއްދަވައިފި: މަޚުލޫފް

އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ރައީސް ޞާލިހު ހޯއްދަވައިފި: މަޚުލޫފް

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2023 11:59
0

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމުގެ ފުރުސަތު އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހޯއްދަވާފައިވާކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިިން އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުންދާ ހަމަ އެކަނި ކެނޑިޑޭޓަކީވެސް ރައީސް ޞާލިހެއެވެ. އަދި އެމަނިކުފާނަށް ތާއީދުކުރާ ޕާޓީޓަކުންވެސް ވަނީ މިއިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނެކަމަށް ބުނަމުންނެވެ.

ސިޔާސީ މަސްރަހާއި ވަރަށް ބޮޑަށް ދުރުގައި އުޅުއްވާ މިނިސްޓަރ މަޚުލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީޕީއަށް 18 އަހަރު ފުރިގެންދާއިރު ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން އެމްޑީޕީގެ ކެނޑިޑޭޓަށް ކާމިޔާބު ކުރެވޭނނެ ފޯމިއުލާ ހޯދިފައި ވުންކަމަށެވެ.

ސިޔާސީ މަޝްރަހުގައި މިއަދު ކުޅިބައި އެތުރެމުން ދާގޮތަށް ބަލާއިރު، ގިނަ ކެނޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެއް، ފުރަތަމަ ފަހަރަށް އެއްބުރުން ކާމިޔާބު ކުރެއްވުމުގެ ފުރުސަތު މިވަނީ ރައީސް ޞާލިހު ހޯއްދަވާފަ. އެމްޑީޕީއަށް 18 އަހަރު ފުރިގެން ދާއިރު މިއީ ހޯދިފައިވާ ވަރަށް ބޮޑު ކާމިޔާބެއް.

– މަޚުލޫފް ވިދާޅުވިއެވެ.

މަޚުލޫފްވަނީ އެމްޑީޕީގެ 18 އަހަރުގެ ތަހުނިޔާ އެޕާޓީގެ މެމްބަރުންނަށާއި، އިސްލީޑަރަށް ދަންނަވާފައެވެ.

އެމްޑީ.ޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ އިސްލީޑަަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ޗެއަރޕާސަން ފައްޔާޒު އިިސްމާއިލާއި އަދި އެންމެހާ މެންބަރުންނަށް އަރިސްކުރަން.

– މަޚުލޫފް ވިދާޅުވިއެވެ.

މަޚުލޫފް މިހެންވިދާޅުވިއިރު، ރައީސް ޞާލިހު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ލީޑަރުންގެ ތެރެއިން ރައީސް ނަޝީދާއި، ޤާސިމް އިބްރާހިމާއި، ކާނާލް ނާޒިމް އަދި ރައީސް މައުމޫން ވަނީ ރައީސް ޞާލިހަށް މިއިންތިޚާބުގާއި ތާއީދު ނުކުރަން ނިންމާފައެވެ. ރައީސް ޞާލިހާއިއެކު މިއިންތިޚާބުގައި ތިއްބެވީ އަދާލަތު ޕާޓީއާއި، އެމްޑީއޭ އެކަންޏެވެ. މިއިންތިޚާބުގައި ގިނަ ޕާޓީތަކުން ފުރަތަމަ ބުރުގައި ވާދަކުރި ނަމަވެސް ދެވަނަ ބުރުގައި ރައީސް ޞާލިހާއި ދެކޮޅަށް ހުރިހާ ޕާޓީތަކަކުން އެކައްޗެއް ކިޔާނެކަމަށް މިހާ ފެންނަމުންދާ މަންޒަރުތަކުން ސާފުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.