އެމްއާރުއެމްވެސް ގުޅިގެން އިދިކޮޅު ޕާޓީތަކުން ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މައްސަލާގައި ޚާއްސަ ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް "ޚަބަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިދިކޮޅު ޕާޓީތަކުން ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރެސް ކޮންފަރެންސްގައި އެމްއާރުއެމްގެ އިތުރުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި، އެމްއެންޕީ އަދި އަލަށް ރަޖިސްޓްރީ ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމުހޫރީ ޕާޓީ ބައިވެރިވާނެކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
އެމްއާރުއެމްއާއި ޕީޕީއެމް އަދި އަދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަންގެ މައްސަލާގައި ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން އެމްއާރު އުވާލުމަށް ނިންމުމާއި ގުޅިގެން އެޕާޓީންވަނީ އިލެކްޝަންސް ގޮވައިގެން ކޯޓަށް ގޮސްފައެވެ. އަދި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ވުން ލަސްކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާކަމަށް އެޕާޓީން ދަނީ ތުހުމަތު ކުރަމުންނެވެ.
ސަރުކާރާ އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރަމުންދަނީ ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ނުފުޒު ފޯރުވަމުންދާ ކަމަށެވެ. އަދި ކޮމިޝަންގެ 3 މެމްބަރަކު މަގާމުން ވަކި ކުރުމަށް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީން ރާވަމުންދާ ކަމުގެ ތުހުމަތުވެސް އިދިކޮޅު ޕާޓީތަކުން ދަނީ ކުރަމުންނެވެ.
މިއަދު ބޭއްވުމަށް މަސައްކަތް ކުރެވެމުންދާ މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނެ ވަކި ގަޑިއެއް އަދި ސާފުވެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ