ރާމް އަށް ލިބުނީ އަންހެން ކުއްޖެއް

ރާމް އަށް ލިބުނީ އަންހެން ކުއްޖެއް

Author
ފާތިމަތު ނާވީ
21 ޖޫން 2023 03:53
0

ސައުތުގެ މަޝްހޫރު އެކްޓަރު އަދި މިއަހަރު ނެރެނު ކާމިޔާބު އެއް ފިލްމް ކަމުގައިވާ "އާރްއާރްއާރް" ގެ އެއް ލީޑީންގ އެކްޓަރު ރާމް ޗަރަންއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ޗަރަން، 37، އާއި އުޕާސްނާ ކަމިނޭނީ، 33، ކައިވެނިކުރީ 2012 ގަ އެވެ. އެދެމީހުންނަށް އަލަތު ދަރިއަކު މި ލިބެނީ ކައިވެންޏަށް 10 އަހަރު ފަހުންނެވެ. ރާމް އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފައި ވަނީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިއެވެ.

އުޕަސާނާ ވިހެއީ ހައިދަރުއާބާދުގެ ޖުބިލީ ހިލްސްގެ އެޕޯލޯ ހޮސްޕިޓަލްގަ އެވެ. މިދިޔަ އެޕްރީލް މަހު އަންހެނުންނާ އެކީ ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި ރާމް އަށް ދަރިއަކު ލިބުނުކަން އެނގުމާ ގުޅިގެން ފޭނުންތައް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

ރާމް އަކީ އިންޑިއާގެ އެންމެ މަޝްހޫރު ތެލެގޫ އެކްޓަރުންގެ ތެރެއިން އެކެކެވެ. ރާމް އަކީ މަޝްހޫރު އެކްޓަރު ޗިރަންޖީވީގެ ދަރިއެކެވެ. އަނެއް ކޮޅުން އުޕަސްނާ އަކީ ވިޔަފާރީ ވެރިއެއް ކަމުގައި ޕާޓަކް ސީ ރެޑީގެ ކާފަދަރިއެކެވެ. ޕާޓަކް އަކީ އެޕޯލޯ ހޮސްޕިޓަލްގެ ފައުންޑާއެވެ. އުޕަސްނާގެ މަންމަ ޝޮބާނާ ކާމިނޭނީ އަކީ އެޕޯލޯ ހޮސްޕިޓަލް ގެ އެގްޒެކެޓިވް ވައިސް ޗެއާ ޕާސަންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.