ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ.) އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ޤާނޫނުއަސާސީއަށާއި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލެވޭ 2 ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފޮނުއްވާފައިވާކަމަށް ބަންޑާރަނައިބު އިބުރާހިމް ރިއަފަތު ވިދާޅު ވެއްޖެއެވެ.
ބަންޑާރަނައިބު ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅިވެފައި ވަނީ، މި 2 ބިލް މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ޖޭ.އެސް.ސީ.ގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، ޖޭ.އެސް.ސީ. ގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުން ކަމުގައެވެ.
ބަންޑާރަ ނައިބު އިތުރަށް ވިދާޅުވެފައި ވަނ ީމިގޮތަށް ހުށަހެޅީ ޝަރުޢީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުޢީ ދާއިރާއާއި އެނޫންވެސް ފަރާތްތަކާއި ޤާނޫނީ ފަންނުގެ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކާއި ޢާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގައި ކަމުގައެވެ.
ބަންޑާނައިބު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދު ކަމަށާއި، މި މަސައްކަތަކީ 2019 ގައި ފަށާފައިވާ މަސައްކަތެއް ކަމުގައެވެ. އަދި ވިދާޅުވީ މިހާތަނަށް ކަމާގުޅޭ 9 ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި މިއަދު ހުށަހެޅުއްވި 2 ބިލާއެކު މިއިޞްލާޙީ މަސައްކަތް ފުރިހަމަކުރެވިއްޖެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ