އެޕްރިލްމަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބޮޑު އާމްދަނީއެއް

އެޕްރިލްމަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބޮޑު އާމްދަނީއެއް

Author
ހުސެއިން
17 ޖޫން 2023 09:58
0

ފާއިތުވި އެޕްރިލްމަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ. އެމަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީގެ ޖުމްލަ އަދަދަކީ 94.9 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެޕްރިލްމަހު ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކާފައިވަނީ ރިސޯޓު ތަކުންނެވެ. މިގޮތުން ރިސޯޓުތަކު ޖުމްލަ 85.5 މިލިއަން ރުފިޔާ ދައްކާފައިވާއިރު ހޮޓާތަކުން 1.3 މިލިއަން ރުފިޔާ، ގެސްޓު ހައުސްތަކުން، 5.6 މިލިއަން ފުރިޔާ އަދި ސަފާރީތަކުން 2.3 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައި ވެއެވެ.

އަތޮޅުތަކަށް ބަލާއިރު ގްރީން ޓެކުހުގެ ގޮތުގައި އެޕްރިލްމަހު ދައުލަތަށް އެންމެ ބޮޑު އަދަދެއް ދައްކާފައިވަނީ ކ. އަތޮޅުންނެވެ. އެއީ ޖުމްލަ 33.3 މިލިއަން ރުރިހާއެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް އއ. އަތޮޅުން ދައުލަތަށް ލިބިފައިވާއިރު، ތިންވަނައަށް އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ އދ. އަތޮޅުންނެވެ. އެއީ އެއީ 6.5 މިލިއަން ރުފިޔާއާއި 6.3 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑު ރިޕޯޓުގައި ބުނާގޮތުން މިއަހަރުގެ ފުރަތަމަ 4 މަހުގެ ނިޔަލަށް އެ ފަންޑުގައި މިހާރު ހުރި ޖުމްލަ އަދަދަކީ 912 މިލިއަން ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.