އޮޑި އެޕް އާއި އެކު އެމް ފައިސާއިން ޕާރޓްނާޝިޕް ހަދައިފި

އޮޑި އެޕް އާއި އެކު އެމް ފައިސާއިން ޕާރޓްނާޝިޕް ހަދައިފި

Author
އަޒްފާ ރަޝީދު
15 ޖޫން 2023 07:57
0

އޮޑި އެޕް އާއި އެކު އެމް ފައިސާއިން ޕާރޓްނާޝިޕް ހަދައިފިއެވެ.

އޮޑިއެޕް އާއި ޑިޖިޓަލް ޕޭމްންޓް ހިދުމަތް ދޭ އެންމެ ބޮޑު ޕްލެޓްފޯމް އެމް-ފައިސާ ގުޅިގެން ރަށްރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ޚާއްސަކޮށްގެން ފެރީ އަދި ލޯންޗު ބުކްކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަދައިފިއެވެ.

އޮޑިއެޕް އަކީ ފެރީ އަދި ސްޕީޑްބޯޓް ޓްރާންސްފާގެ އިތުރުން އުޅަނދުފަހަރު ފަސޭހަކަމާއެކު ޗާޓާ ކުރެވޭ އެޕެކެވެ.

އުރީދޫން އިއްޔެ ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަގުބޫލުކަން ހޯދަމުން އަންނަ އޮޑިއެޕް އާއި އެމް-ފައިސާއާއެކު ވެވުނު މި ޕާޓްނާޝިޕަކީ ރާއްޖޭގެ ރަށްތަކަށް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑުލުޔެއް ކަމަށާއި އެމް-ފައިސާގެ ރައްކާތެރި އަދި ހަރުދަނާ މޮބައިލް ޕޭމަންޓް ސިސްޓަމް އިންޓަގްރޭޓް ކުރުމާއެކު، އޮޑިއެޕް ބޭނުންކުރާ ފަރާތްތަކަށް ސީދާ އެޕް މެދުވެރިކޮށް ޓްރާންސްފާ ބުކިންއަށް ފައިސާ ދެއްކުމުގެ އިތުރު ލުއިފަސޭހަކަން މިހާރު ލިބިގެންދާނެ ކަމަށެވެ. އަދި އަޟްހާ އީދު ބަންދާ ދިމާކޮށް ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ ރަށްތަކަށް ފުރުމަށް ގިނަ ބަޔަކު ތައްޔާރުވަމުންދާ މި ހިދުމަތާއެކު އެ ފަރާތްތަކުގެ ދަތުރުފަތުރުގެ އިންތިޒާމު މިހާރު ލުއިފަސޭހަކަމާއި ރައްކާތެރިކަމާއެކު ހަމަޖެއްސޭނެ ކަމަށެވެ.

އޮޑިއެޕާ ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ތިބި ކަސްޓަމަރުންގެ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދިއުމަކީ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް ޓަކައި އީޖާދީ ޑިޖިޓަލް ފޯރުކޮށްދިނުންކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިހާރު ކޮންމެ ތަނަކުން، ކޮންމެ ވަގުތަކުވެސް، އޮޑިއެޕުން އެމް-ފައިސާ މެދުވެރިކޮށް ދަތުރުވެރިންނަށް ލުއިފަސޭހަކަމާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަތުރުފަތުރުގެ ކަންކަން ހަމަޖައްސާލެވޭނެއެވެ.

ކުރިއަށް އޮތް އަޟްހާ އީދު ޗުއްޓީއަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން ދާއިރު، މި ޕާޓްނާޝިޕްގެ ސަބަބުން ޗުއްޓީއަށް ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރު ހަމަޖެއްސުމުގައި ލުއިތަކެއް ލިބިގެންދާނެކަމަށް އުރީދޫ މޯލްޑިވްސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.