މަދިރި އާލާވުން ހުއްޓުވުމަށް އަރބަންކޯއިން ހުޅުމާލޭގައި ފޮގް ކުރަނީ

މަދިރި އާލާވުން ހުއްޓުވުމަށް އަރބަންކޯއިން ހުޅުމާލޭގައި ފޮގް ކުރަނީ

Author
ހުސެއިން
14 ޖޫން 2023 07:36
0

ހުޅުމާލޭގައި މަދިރި އާލާވެ، ޑެންގޫ ހުން ފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީ އެކަން ހައްލުކުރުމުގެ ގޮތުން އަރބަންކޯއިން ހުޅުމާލޭގައި ފޮގް ކުރަން ފަށައިފިއެވެ.

ކޮންމެ އަހަރަކު ވެސް ޖޫން ޖުލައި މަހަކީ ވިއްސާރަ ދުވަސްވަރަކަށް ވާއިރު، މި ދުވަސް ވަރު އެކި ސަރަހައްދުތަކުގައި މަދިރި އާލާވެ، އެތަކެތީގެ ސަބަބުން ޑެންގޫ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަން އެކުންފުނިން ފާހަގަ ކޮށްފައި ވެއެވެ. މިގޮތުން މަދިރި އިތުރުވުން ކޮންޓްރޯލްކޮށް، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަރބަންކޯއިން ކުރާ މަސައްކަތެއްގެ ގޮތުން މިހާރު ވަނީ މުޅި ހުޅުމާލޭގައި މަދިރި އާލާވުން ނައްތާލުމަށް ފޮގް ކުރަން ފަށާފައި ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

މިގޮތުން ކޮންމެ ދުވަހަކު ވެސް ފަތިހު އާއި، ހަވީރު ހުޅުމާލެ ތެރެ ފޮގްކުރާއިރު، މިކަމުގައި އިސްކަންދެނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، މަދިރި އާލާވުން އެކަށީގެންވާ ފަދަ ސަރަހައްދުތަކަމަށްވެސް އާބަންކޯއިން ބުނެފައި ވެއެވެ.

އަރބަންކޯއިިން އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ފަރާތުން މަދިރި އާލާވުން ހުއްޓުވައި، ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރަމުން އަންނައިރު، މިކަމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމަކީ މުހިންމު ކަމެކެވެ. އެގޮތުން ދިރިއުޅޭ ގެއާއި ގޯތި ތެރޭގައި މަދިރި އާލާވާ ފަދަ ތަންތަން ހުރި ނަމަ އެތަންތަން ނައްތާލުމާއި، ސާފުތާހިރުކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެއްކަންވެސް އެކުންފުނިން ފާހަގަ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.