އާޒިމް ވިދާޅުވީ މިއަދަކީ މެމްބަރު ރާޝިދު އަލަށް ފަޓުލޫނުލީ ދުވަސްކަމަށް!

އާޒިމް ވިދާޅުވީ މިއަދަކީ މެމްބަރު ރާޝިދު އަލަށް ފަޓުލޫނުލީ ދުވަސްކަމަށް!

Author
މުޙައްމަދު ޝަޒައިމް
14 ޖޫން 2023 12:09
0

މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު އަލަށް ފަޓުލޫނު ލާން ފެއްޓެވި ދުވަސްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން އެޖެންޑާ ކުރި މިއަދުގެ ޖަލްސާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ހަލަބޮލިކޮށް، ކުރިއަށް ގެންދަން ހުރަސް އެޅުމާ ގުޅިގެން ޖަލްސާ ދެފަހަރެއްގެ މަތީން ވަނީ މެދު ކަނޑާލާފައެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ފެށުމާއިއެކު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި އެޖެންޑާއާ މެދު ކަންބޮޑުވުން ފާޅުކުރައްވަން ފެއްޓެވީއެވެ. އާޒިމް ނެންގެވީ މައްސަލަ އެޖެންޑާއި އޮތް ނަމަވެސް އެޖެންޑާގެ ތަރުތީބު އެ ހިސާބަށް ނުދާތީ ނިޒާމީ މައްސަލަ އާޒިމަށް ދެއްވަން ރިޔާސަތުން ހަސަން އަފީފް ކޮންމެވެސް އިއުތިރާޒް ކުރެއްވިއެވެ. އެކަމަކު، ފުރުސަތު ދެއްވިޔަސް މަޖިލިހުގެ ނިޒާމު ވަރަށް ބޮޑަށް ގޯސްވުމުން ޖަލްސާ މެދުކަނޑާލުމާ ހަމައަށް ވެސް އާޒިމަށް އަސްލު ޕޮއިންޓާ ހަމައަށް ދެވޭވަރެއް ނުވެއެވެ.

އާޒިމްގެ ވާހަތަކަށް ހުރަސް އަޅުއްވައި މެމްބަރު ރާޝިދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އާޒިމް ވަނީ މެމްބަރު ރާޝިދު ފަޓުލޫނުގައި މަޖިލީހަށް ވަޑައިގެންނެވި ފުރަތަމަ ދުވަހަކީ މިއަދުކަމަށް މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައެވެ.

އިއްޒަތްތެރި ރައީސް މިރާޑޯ އަދި އަލަށް ފަޓުލޫނު މިލީ. އަދި އަލަށް ފަޓުލޫނުލީ.

– އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ނިޒާމީ މައްސަލާގައި ގާތްގަނޑަކަށް ވިއްސަކަށް މިނެޓުވުމަށް ފަހު ރިޔާސަތުން ވަނީ އެހެން މެންބަރުންނަށް ވެސް ނިޒާމީ ނުކުތާތައް ނަންގަވަން ފުރުސަތު ދެއްވައިފައެވެ. ނިޒާމީ އޮއިވަރެއްގައި މަޖިލިސް ކުރިއަށް ދިޔައިރު، މަޖިލީހުގެ ޖަލްސާ ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ދެ ފަހަރެއްގެ މަތީން މެދު ކަނޑާލާފައެވެ.

މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް ކުރިއަށް ނުގެންދެވި، މަޖިލިސް މިހާރު އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބާބޭރިއަން
ލަދެއްނުގަނޭ ރައްޔިތުންގެ ފައިސާ އިން މުސާރަ ކައިގެން. އިބޫ އަންނި ޔާނު މާނު ގާސިމް އެންމެނަށް ސަލާމް.