ޤާނޫނުގައިވާ ގޮތުގެ މަތީން މަޖިލިސް ރައީސްގެ މައްސަލަ ކުރިއަށްދާނެ: މަޖިލިސް

ޤާނޫނުގައިވާ ގޮތުގެ މަތީން މަޖިލިސް ރައީސްގެ މައްސަލަ ކުރިއަށްދާނެ: މަޖިލިސް

Author
މުޙައްމަދު ޝަޒައިމް
08 ޖޫން 2023 11:08
0

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ލިބިފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ.

ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރަން މަޖިލިހުގެ 54 މެމްބަރުންގެ ސޮޔާ އެކު، އެމްޑީޕީން އެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ހުށަހެޅީ އިއްޔެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށްވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރައްވަން 44 ވޯޓު ބޭނުންވާނެއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ލިބިފައިވާތީ މި މައްސަލަ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ.

ޤާނޫނު އަސާސީގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބް ރައީސްކަމަށެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް އޮތީ މަޖިލީހަށް ވައްދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.