މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހީމް ޒިޔަތު މިއަދު އައްޔަންކުރައްވައިފިއެވެ.
އެ ކުންފުނީގެ އާ ޑެޕިއުޓީ ސީއީއޯގެ ގޮތުގައި ޒިޔަތު ހަމަޖެއްސެވުމާ ގުޅިގެން، އެމްޕީއެލް އިން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާއަށް މަރުޙަބާ ކިޔާފައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ އެންމެ އިސްވެރިޔާގެ މަޤާމު ފުރުއްވާފައިވާ ޒިޔަތުގެ މައްޗަށް ވަނީ މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައެވެ. އެގޮތުން، އެމްޓީސީސީގެ ސައިޓްތަކަށް ބިދޭސީ މަސައްކަތްތެރިން ހޯދުމުގައި ޚިޔާނާތަށް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2021 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައިވެއެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ފަހުން ކަންހިނގާފައިވާ ގޮތުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ