2023 ޖޫން 6 ވަނަ ދުވަހުގެ 17:56 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، އެޗް 16 އާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ، އެ މީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމުގައެވެ. އަދި ބިދޭސީއެއް ކަމަށް ބެލެވޭ އެމީހާގެ ހަށިގަނޑު މިހާރުވަނީ ގަލޮޅު މޯޗަރީގައި ކަމަށްވެސް ފުލުނުން ހާމަ ކޮށްފަ ވެއެވެ.
މިހާތަނަށް ބެލިބެލުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށާއި، އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރ 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިފައި ވެއެވެ.