މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ކެމްޕެއިނަށް ވޮލެންޓިއަރުން ހޯދަން އިއުލާންކޮށްފި އެވެ.
އެމްއެންޕީން ބުނީ ނާޒިމްގެ ކެމްޕެއިންގައި ވޮލެންޓިއަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ވޮލެންޓިއަރަކަށް ވުމަށް ޖެހެނީ ފޯމެއް ފުރާށެވެ.
އެމްއެންޕީން އަންނަނީ ރިޔާސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްއެންޕީގެ މެނިފެސްޓޯ އާންމު ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.
މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނާޒިމަށް ވަނީ އެމްއެންޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ