"ދަ ނައިޓް މެނޭޖާ" ގެ ދެވަނަ ސީޒަން އަންނަ މަހު

"ދަ ނައިޓް މެނޭޖާ" ގެ ދެވަނަ ސީޒަން އަންނަ މަހު

ގުޅުންހުރި

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން މިދިއަ ފެބްރުއަރީ މަހު ޕްރީމިއާކުރި އިންޑިއާގެ މަގުބޫލު ސީރީޒް "ދަ ނައިޓް މެނޭޖާ" ގެ ދެވަނަ ސީޒަން އަންނަ މަހު ގެނެސްދޭން ތައްޔާރުވެއްޖެއެވެ.

ފެބްރުއަރީ މަހުގެ 16 ގައި ހަތަރު އެޕިސޯޑާ އެކީ ގެނެސްދިން "ދަ ނައިޓް މެނޭޖާ" ގެ މައިގަނޑު ކާސްޓުންނަކީ އަދިތިޔާ ރޯއި ކަޕޫރާއި އަނިލް ކަޕޫރާއި ސޮބީތާ ދުލިޕާލާ އެވެ. ދެވަނަ ސީޒަން ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ޖޫން 30 ގަ އެވެ.

 

View this post on Instagram

 

A post shared by Disney+ Hotstar (@disneyplushotstar)

މި ސީރިޒް އަކީ ސްޕައި ތްރިއަލާ އެކެވެ. "ދަ ނައިޓް މެނެޖާ"ވެގެން ގޮސްފައިވަނީ ބޮޑު ހިޓަކަށެވެ. މި ފިލްމު ވަނީ 74 ވަނަ ގޯލްޑެން ގްލޯބް އެވޯޑްގައި ގިނަ އެވޯޑްތަކެއް ހާސިލް ކޮށްފައެވެ.

މީގެ ހަތް އަހަރު ކުރިން ބީބީސީ ވަން އިން ގެނެސްދިން މަގުބޫލު ސިލްސިލާގެ ރިމޭކެއް ހަދާއިރުގައި މި ސިރީޒް ކުޅުމަށް އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ އާމިރް ހާންއާއި އެކުގައިއެވެ. ނަމަވެސް އެއްބަސް ވުމަކަށް ނާދެވުމުން ފަހުން ރިތިކް ރޯޝަން އާއި އެކުގައި ފިލްމް ހެދުމަށް ވާހަކަ ތަކެއް ދެކެވުނެވެ. ނަމަވެސް ރިތިކްގެ އެހެން ތާރީހް ތަކަކާއި ފުށު އަރާތީ އޭނާ މި ސީރީޒް ދޫކޮށްލީއެވެ.

ސަންދީޕް މޯދީ ޑައިރކްޓް ކުރާ މި ސީރީޒްގެ ކާސްޓުގައި  ސޮބީތާ ދުލިޕާލާ، ޓިލޮތާމާ ޝޯމް، ސަސްވަތާ ޗެޓަޖީ، ރަވީ ބޭލް، އަރިސްތާ ސިންގް މެހެތާ، އާކާޝްދީޕް ސަބީރް، ޝްރެނިކް އަރޯރާ އަދި ރޭޝް ލާމްބާ ހިމެނެއެވެ.

މީ އަދިއްތިޔާ އާއި އަނިލް އެކުގައި މަސައްކަތް ކުރާ ދެވަނަ ޕްރޮޖެކްޓެކެވެ. މީގެ ކުރިން މި ދެތަރިން އެކުގައި ވަނީ 2020 ވަނަ އަހަރުގެ ފިލްމް "މަލަންގް" ގައި މަސައްކތް ކޮށްފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *