އައްޑޫގައި ވަޅިން ހަމަލާދިން ޒުވާނާ މަރުވެއްޖެ

އައްޑޫގައި ވަޅިން ހަމަލާދިން ޒުވާނާ މަރުވެއްޖެ

Author
ހުސެއިން
01 ޖޫން 2023 07:20
0

އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ކޮއްކޮއަކު އޭނާގެ ބޭބެގަޔަށް ވަޅިހަރައި ވަރަށް ބޮޑަށް ޒަޚަމް ކޮށްލި ޒުވާނާ މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ ވަޅިން ދިން ހަމަލާތަކަށް އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމިން ދަނިކޮށްވެ.

"ޚަބަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭބެގެ ގަޔަށް އޭނާގެ ކޮއްކޮ ވަޅިހަރާ ޒަޚަމް ކޮށްލާފައިވަނީ މަސްތުގެ ހާލަތުގައި ހުރެގެންނެވެ. އަދި ވަޅި ހެރުމުގެ ސަބަބުން އެމީހާ ވަރަށް ބޮޑަށް ޒަޚަމް ވެފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައި ވެއެވެ. އަދި މެޔަށްވެސް ވަޅީގެ ހަމަލާތައް އަމާޒުވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

މަންޒަރު ދުށް މީހުން "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޒަޚަމްވެގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާލު ވަރަށް ސީރިއަސްއެވެ. އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުން ހާމަ ކޮށްފައިވަނީ ތޫނު ހަތިޔާރުން ހަމަލާ ދީގެން ފަރުވާދެމުންދިޔަ 27 އަހަރުގެ ޒުވާނަކު ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާކަމުގައެވެ.

ފުލުހުން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީގެން ރޭ 23:38 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމުގައެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލަ ތަހުގީގު ކުރަމުންދާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.