އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ކިޔާލު ތަފާތުވުމާއިއެކު، ރައީސް ނަޝީދަށް ތާއީދުކޮށް ދަ ޑިމޮކްރެޓްސް އަށް ތާއީދުކުރާ ސިޔާސީ މަޤާމުގައި ތިބި ދެމަފިރިއަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ރައީސް ނަޝީދު އިސްވެހުރެ އުފައްދަވާ ދަ ޑިމޮކްރެޓްސް އަށް ގިނަ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި ބައެއް ބޭފުޅުންވެސް ހިމެނެއެވެ. މިހާތަނަށް އޭގެ ތެރެއިން ބައެއް ބޭފުޅުން ދަނީ ވަޒީފާތަކުން ވަކި ކުރަމުންނެވެ.
މިއަދު ވަޒީފާއިން ވަކިކުރި ދެމަފިރިންނަކީ އެންވާރުމަންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަހުމަދު ހަމްދާނާއި، އޭނާގެ އަނބިކަނބަލުން ހޯމް މިނިސްޓްރީގެ ސީނިއާ ޕިލިސީ ޑިރެކްޓަރ އައިޝަތު އަލައިކާ އަދުދާނެވެ. މިދެމަފިރިންނަކީ ރައީސް ޞާލިހުގެ މިސަރުކާރު ވެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރި ދެމަފިރިންނެވެ.
Fulufuluga kan’damun dhanee. Mee bali vumuge adhi maayoos vumuge alaamaaiy. Meehaa dhaanee rulhi gadhave dhaahillamun adhi ley mahchah dhiyun ves ekasheegen vey. pic.twitter.com/fVE6Wivt3s
— Ahmed Arif (@Arttey) May 28, 2023
ޑިމޮކްރެޓްސް އަށް ސޮއި ކޮށްފައިވާ މީހުންގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުންނާއި، އެގްޒެކެޓިވް ޑިރެކްޓަރުން ވެސް ހިމެނެއެވެ. އޭގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިހާބު ކާމިޔާބު ކުރި ފަރާތްތަކުން ވެސް އަންނަނީ ޑިމޮކްރެޓްސް އަށް ސޮއި ކުރަމުންނެވެ.
ޑިމޮކްރެޓްސް އަށް 3000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާގައެވެ. އެޕާޓީން ބުނެފައިވާ ގޮތުގައި އެއަދަދަށް މެންބަރުންގެ ސޮއި ހަމަކޮށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެއެވެ.
ކޮމެންޓު ފޮނުވާ