މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެ ޕާޓީން އެދިއްޖެ އެވެ.
އެމްއާރްއެމްއިން ބުނީ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގައި އިލެކްޝަންސް ކޮމިޝަނުން (އީސީ) ސިޓީއެއް ލިބިފައިވާ ކަަމަށެވެ.
އެގޮތުން އެ ޕާޓީގެ އެންމެހާ މެންބަރުންނަށާއި، ކޮމިޓީތަކާއި، ގުނަވަންތަކާއި، ގޮފިތަކުން، އެމްއާރްއެމްގެ ނަމުގައި މިވަގުތު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް ވަނީ އެދިފަ އެވެ.
އެމްއާރްއެމްއިން ބުނީ، އެޕާޓީން ގަބޫލުކުރާ ގޮތުގައި އީސީން އެމްއާރްއެމް އުވާލަން ނިންމާފައިވަނީ ގަވާއިދާ ޚިލާފަށެވެ. އެކަން ސާބިތުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާކަމަށްވެސް އެމްއާރްއެމްއިން ބުނެ އެވެ.
މީގެ އިތުރުން އިސްލާހީ މަސައްކަތުގައި ދެމިތިބުމަށް ވެސް އެމްއާރްއެމްއިން އެދިފައިވެ އެވެ.
އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ