"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި

Author
ފާތިމަތު ނާވީ
26 މެއި 2023 06:55
0
ގިނަ އަހަރު ތަކަށްކަށް ފަހު ކަރަން ޖޯހަރު ޑައިރެކްޓރު ގެ ގޮނޑިން ފެނިގެންދާނެ ފިލްމް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

ޖުލައި މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ލީޑުން އާލިއާ ބަޓް އާއި ރަންވީރު ސިންގް ފެނިގެންދާ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާ ކޮށް ހަދައިފައިވާ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

 

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފިލްމަކީ 2016 ވަނަ އަހަރު ކަރަން ޑައިރެކްޓު ކުރި، އަނުޝްކާ ޝަރްމާ އަދި ރަންބީރް ކަޕޫރް އަދި އައިޝްވާރްޔާ ރާއި ފެނިގެންދިއަ ފިލްމު، "އޭ ދިލްހެ މުޝްކިލް" އަށް ފަހު އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. އަދި ހަމަ އެއާއި އެކުގައި މި ފިލްމް އަކީ އާލިއާ އަށް އަލަތު ދަރިފުޅު ލިބުމަށްފަހު އޭނާ ވެސް އެނބުރި އައުން ފާހަގަ ކުރާނެ ފިލްމްވެސް މެއެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

މި ފިލްމް ގެ ލީޑުން ފެނިގެންދާނީ މަޝްހޫރު ބޮލީވުޑްގެ ދެތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންވީރު ސިންގްއެވެ. އެ ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭގައި ދަރުމެންދުރަ އާއި ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން ވެސް ހިމެނެ އެވެ.

އާއިލާއެއްގެ މައްޗަށް ބިނާކޮށް ހަދާ މި ރޮމޭންޓިކް ކޮމެޑީއަކީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ. ތިނެސްކަން ލޯބީގެ ފިލްމުތައް ބޮލީވުޑްގައި އަަންމު ނަމަވެސް މި ފިލްމު ތަފާތު ވަނީ މި ފިލްމުން ދުވަސްވީ ތިން މީހެއްގެ ލަވް ޓްރޭންގަލް ފެނިގެން ދާތީއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.