ދަރަވަންދޫގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު މީހަކަށް ހަމަލާދީ ބޯ ފަޅާލައިފި

ދަރަވަންދޫގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު މީހަކަށް ހަމަލާދީ ބޯ ފަޅާލައިފި

Author
މުޙައްމަދު ޝަޒައިމް
20 މެއި 2023 12:05
0

ބ. ދަރަވަންދޫގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު މީހަކަށް ހަމަލާދީ އެ މީހާގެ ބޯ ފަޅާލައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު އެ ރަށުގައި ހިންގި މާރާމާރީ އަމާޒުކުރީ ކެފޭއެއް ހިންގާ މީހަކަށެވެ. އެ މީހާއަށް ހަމަލާދިނީ އެ ކެފޭ ބަންދުކޮށްފައި އޭނާ ގެއަށް ދިޔަ މަގުމަތީގައެވެ. ހާދިސާ ހިނގުމާއިއެކު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށާއި ނަމަވެސް ފުލުހުންނަށް ރަށަށް އާދެވުނީ ބައިގަޑިއެއްހައިއިރު ފަހުން ކަމަށެވެ. އޭރު އެރަށަށް އެރި ގްރޫޕް ވަނީ ލޯންޗެއްގައި ރަށުން ފުރައިގެން ގޮސްފައެވެ.

އެ މާރާމާރި ހިނގިތާ ދެ ދުވަސްވީއިރު އަދިވެސް އެ މައްސަލާގައި ތުހުމަތުވާ ބަޔަކު ފުލުހުންނަށް ހޯދިފައި ނުވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކުރިއެވެ.

ފުލުހުން ބުނީ ބުދަ ދުވަހުގެ ރޭ ދަންވަރު ދަރަވަންދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވި މައްސަލައެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާ އަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.