ރާއްޖެއިން ބައެއް އުނިވެއްޖެ ކަމަށާއި، މިކަމުގެ ފުރިހަ ޒިންމާ ވެރިކަމުގައި ތިބި މީހުން ނަގަން ޖެހޭނެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް "ގައްދާރުވާ މީހުން" ޕާޓީން ވަކިކުރުމަށް ގޮވާލައި ޕާޓީގެ އޮފީސް ކައިރީގައި ބަޔަކު ޝުއޫރުފާޅު ކުރުމުން އެކަމަށް ރައްދު ދެއްވާ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕުގައި ރައީސް ނަޝީދު ވަނީ ކަނޑުގެ މައްސަލާގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި ގުޅޭގޮތުން ނުރުހުން ފާޅު ކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލުމަށް ސަރުކާރުން ނިންމި ނިންމުމަކީ ސީރިއަސްކަން ކުޑަ ކަމަކަށް ސަރުކާރާއި، ސަރުކާރަށް ތާއީދުކުރާ މެމްބަރުން ހެދި ނަމަވެސް އެކަން އެގޮތަށް ނުވާނެކަމަށެވެ. މިއަދު ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ ރާއްޖެއިން ބައެއް އުނިވެއްޖެ ކަމަށާއި، މިކަމުގައި ދައުލަތުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިއަދު ޒިންމާވަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑުމެން މިކަން ހެއްވާ ކަމަކަށް ހަދަން އުޅުނަސް ނުވާނެ. ރާއްޖެއިން ބައެއް އުނިވެއްޖެ. މިފަދަ ކަންކަމުގައި ވެރިކަމުގައި ތިބޭ މީހުން ޒިންމާވާންޖެހޭނެ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަތަކައި ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހުސެއިން ޝަހީމް ވިދާޅުވީ ރާއްޖެއިން ބައެއް އުނިވެފައި ނުވާކަމަށެވެ. އަދި މިއީ ރައީސް ނަޝީދު ރައީސް ޞާލިހާއިމެދު އޮތް ޒާތީ ހަސަދައެއް ފިލުވާލުމަށް ދައްކާ ސިޔާސީ ވާހަކަތަކެއްކަމަށެވެ.
ރާއްޖެއިން ބައެއް އުނިވެފައިނުވޭ. ތީހުސްދޮގާ މަކަރާއި އޮޅުވާލުން. އަމިއްލަ އެދުމާއި ޒާތީ ހަދަސަދަ ރައީސުލްޖުމްހޫރިއްޔާ އަށް ފިލުވޭނެ ކަމަށް ހީކޮށް ހިންގާ ވާހަކަތަކެއް.
– ހުސެއިން ވިދާޅުވިއެވެ.
ހުސެއިންގެ މިޗާހަކައާއި ގުޅިގެން ރައީސް ނަޝީދާއި ހުސެއިންއާއިމެދު ވަނީ ހޫނު ޒުވާބެއް ގްރޫޕުގައި ކޮށްފައެވެ.
އިޓޮލްސް އިން ނިންމުމާއި ގުޅިގެން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން ދިޔައީ ކަމަށް ބުނާބުނުމާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެނިންމުމުގެ ސަބަބުން ކަނޑުގެ ސަރަހައްދު ބޮޑުވެގެން ދިޔައީ ކަމަށެވެ. "ކުރިން އޮތީ 12 މޭލު ކަމަށާއި، މިހާރު 200 މޭލަށް ބަދަލުވީކަމަށެވެ. އެއީ ބޮޑުތޯ ކުޑަތޯ ނިންމާނީ ރައްޔިތުންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ކޮސޯވޯ އަކީ މިނިވަން ގައުމެއްކަމަށް ބަލައިގަންނަން ދިވެހި ސަރުކާރުން ވޯޓް ދިނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެވޯޓް ދިވެހި ސަރުކާރުން ނެގީ ކޮސޯވޯގެ ސިޔާސީ ލީޑަރުންގެ އަތުން ފައިސާ ނަގައިގެން ކަމަށް ތުހުމަތުކޮށް އެދުވަސްވަރު އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިއެވެ. މިމައްސަލާގައި މިހާރުވަނީ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. އަދި ރައީސް ޞާލިހާއި، ފޮރިން މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
One Response
ރައީސް ނަޝީދަކީ މިހާރު ބޭކާރު މީހެއް