ޖޫންމަހުގެ 2 ވަނަ ދުވަހު، "ކަނޑު ވިއްކުމާ ދެކޮޅު" ކޯލިޝަންއިން ބޮޑު އެއްވުމެއް ބާއްވަނީ

ޖޫންމަހުގެ 2 ވަނަ ދުވަހު، "ކަނޑު ވިއްކުމާ ދެކޮޅު" ކޯލިޝަންއިން ބޮޑު އެއްވުމެއް ބާއްވަނީ

Author
ހުސެއިން
14 މެއި 2023 09:27
0

"ކަނޑު ވިއްކުމާ ދެކޮޅު" ކޯލިޝަންގެ ނަމުގައި، އިޓްލޮސްގެ ހުކުމާއި ދެކޮޅަށް ވަލާކާތު ކުރަމުންދާ އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންއިން އަންނަ ޖޫންމަހުގެ 2 ވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މިރޭ ހޮޓެލް ޖެންގައި، ޗާގޮސްގެ މައްސަލާގައި ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަންގެ ފަރާތުން ވާހަކަ ދައްކަމުން އިދިކޮޅު ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި އުބުދުއްރަހީމް ވިދާޅުވީ މިއީ ސިޔާސީ ކަމެއް ނޫންކަމަށާއި، ތަފާތު ފިކުރުގެ ޕާޓީތައް އެކުވެގެން މި ނިކުންނަނީ ގައުމަށްޓަކާ ކަމަށެވެ.

މިރޭވެސް ހޮޓެލް ޖެންގައި ކުރިޔަށްދާ ކޯލިޝަންއިން ބާއްވަމުން ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ގިނަ ޕާޓީތަކުން ބައިވެރިވަމުން ދެއެވެ. އޭގެ ތެރޭގައި މި ސަރުކާރާއެކު އަދިވެސް ކޯލިޝަންގައި އޮތް ޖުމުހޫރީ ޕާޓީއާއި، އެމްޑީޕީގެ ނަޝީދު ފެކްޝަންގެ ފަރާތުންވެސް ބައިވެރިވަމުން ދެއެވެ. އޭގެ އިތުރުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އެހެންނަމަވެސް މި އިއްތިހާދުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އެމްއާރުއެމްއިން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވަމުން ނުދާކަން ފާހަގަ ކޮށްލެވެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވި މިއީ ސިޔާސީ ކޯލިޝަނެއް ނޫންކަމަށާއި، މި އިއްތިހާދުގެ ހަމަ އެކަނި ބޭނުމަކީ ރައްޖޭގެ ކަނޑު މިސަރުކާރުން ވިއްކާލާފައިވާތީ އެކަމާ ދެކޮޅަށް އިހުތުޖާޖު ކުރުން ކަމުގައެވެ.

މިރޭގެ ބައްދަލުވުމުގައި މި ކޯލިޝަންއިން ބުނެފައިވަނީ ރާއްޖެއިން "ވިއްލާފައިވާ" ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް ރައީސް ސާލިހަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފެށިކަންވެސް ވަނީ އިއުލާން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.