އެމް.އާރް.އެމް ގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

އެމް.އާރް.އެމް ގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

Author
ހުސެއިން
14 މެއި 2023 04:59
0

އެމ.ްއާރ.ްއެމް ގެ ހުސްވެފައިވާ މަޤާމުތަކުގެ އިންތިޚާބު 24 މެއި 2023 ވާ ބުދަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. އެމްއާރުއެމްއިން ކޮށްފައިވާ އިއުލާނެގައި ބުނެފައިވަނީ އެޕާޓީގެ ހުސް ވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު
14 މެއި 2023 ގެ 14:00 އިން 18 މެއި 2023 ގެ 16:00 އާއި ހަމަޔަށް ހުޅުވިފައިވާކަމުގައެވެ.

އެމްއާރުއެމްއިން ހުސްވެފައިވާ މަގާމްތަކަކީ:

  1. އެމ.ްއާރ.ްއެމް ގެ ނައިބު ރައީސް
    ޝަރުތ:ު އެމ.ްއާރ.ްއެމް ގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 6 މަސްދުވަސް ވެފައިވުނ.ް
  2. ޒުވާނުންގެ ކައުންސިލުގެ ރައީސް
    ޝަރުތ:ު އެމ.ްއާރ.ްއެމް ގެ ޒުވާނުންގެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 3 މަސްދުވަސް
    ވެފައިވުނ.ް
  3. އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަންހެން )1 މަޤާމު(
  4. އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ފިރިހެން )1 މަޤާމު(
  5. ޒުވާނުންގެ ކައުންސިލްގެ މެންބަރު – ފިރިހެން )10 މަޤާމު(
    ނޯޓ:ު 10 މަޤާމުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ 1 މެންބަރު އެކްސްކޯ އިން ހުސްވެފައިވާ ޒުވާނުންގެ
    ކައުންސިލް )ފިރިހެން( މެންބަރު ކަމުގެ މަޤާމަށް އިންތިޚާބު ވާނެ އެވ.ެ
  6. ޒުވާނުންގެ ކައުންސިލްގެ މެންބަރު – އަންހެން )8 މަޤާމު(
    ނޯޓ:ު 8 މަޤާމު ގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ 2 މެންބަރު އެކްސްކޯ އިން ހުސްވެފައިވާ ޒުވާނުންގެ
    ކައުންސިލް )އަންހެން( މެންބަރު ކަމުގެ މަޤާމަށް އިންތިޚާބު ވާނެ އެވ.ެ
  7. އަންހެނުންގެ ކައުންސިލްގެ މެންބަރު )13 މަޤާމު(

އެމްއާރުއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ ޒުވާނުންގެ ކައުންސިލްގެ މަންބަރުކަމަށް ކުރިމަތި ލެވޭނީ އުމުރުން 31 އަހަރު ނުފުރޭ މެންބަރުންނަށެވ.ެ

އެމްއާރުއެމްއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި އިންތިޚާބުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ޝައުގުވެރިވާ ފަރާތްތަކުން ޕާޓި އޮފީހަށް ހުށަހެޅުން އެދޭކަމުގައެވެ. މިމަޤާމުތަކަށް ކުރިމަތިލުމަށް އެދި ފުރިހަމަކުރާ އެޕްލިކޭޝަން ފޯމާއި އިންތިޚާބުގެ ޓައިމްލައިން އެމ.ްއާރ.ްއެމްގެ ވެބްސައިޓް mv.mrm.www އަދި ޕާޓީގެ އޮފީހުން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެމްއާރުއެމްގެ ގިނަ މަގާމްތަކެއް އެއްފަހަރާ ހުސްވީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ރައީސް ސާލިހަށް މިހާތަނަށް ތާއީދު ކޮށްފައި ނުވާތީ، ސިޔާސީ މަގާމްތަކުގައި ތިބި އެޕާޓީގެވެސް އިސް މަގާމްތަކުގައި ތިބި ބައެއް ފަރާތްތަކުން ރައީސް ސާލިހަށް ތާއީދުކޮށް ޕާޓީން އިސްތިއުފާ ދިނުމާއު ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.