ރައީސްގެ ސެކިއުރިޓީ ފެއިލްވުމުން ސަސްޕެންޑް އޮފިސަރަށް ބްރިގޭޑިއާ ޖެނެރަލްކަން

ރައީސްގެ ސެކިއުރިޓީ ފެއިލްވުމުން ސަސްޕެންޑް އޮފިސަރަށް ބްރިގޭޑިއާ ޖެނެރަލްކަން

Author
މުޙައްމަދު ޝަޒައިމް
09 މެއި 2023 01:35
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅި މައްސަލައިގައި އޭރު ރައީސް ސޯލިހްގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔަކަށް ހުންނެވި އަބްދުﷲ އިބްރާހީމް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ފިޔަވަޅު އެޅި ފަހުން މަގާމުގެ ކުރިއެރުން ދީފިއެވެ.

އަބްދުﷲ އިބްރާހީމަށް މިދިޔަ މާޗް 20 ވަނަ ދުވަހު ފިޔަވަޅު އެޅިއިރު އޭނާ ހުންނެވީ ކާނަލް ރޭންކްގައެވެ. ނަމަވެސް މިހާރު އޭނާ ހުންނެވީ ބްރިގޭޑިއާ ޖެނަރަލް ރޭންކްގައެވެ. މިއީ ސިފައިންގެ ރޭންކްތައް ބަހާފައިވާ ގޮތުން އެންމެ މަތިން ހަތަރުވަނަ ރޭންކެވެ.

އެ މައްސަލާގައި އެމްއެންޑީއެފުން މާޗް 21 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން އަބްދުﷲ އެކަހެރި ކުރީ އެފަދަ ކަމެއް ދިމާވުމުން އެ އިދާރާ އިން އަމަލުކުރާ ޕްރޮސީޖަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އަބްދުﷲ އިބްރާހީމް އަށް މަގާމުގެ ކުރިއެރުން ދީފައިވާކަން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުވަނީ ޔަގީންކޮސް ދީފައެވެ. އޭނާ ވިދާޅުވީ ހަމަޖެހިފައި އުސޫލާ އެއްގޮތަށް ކުރިއެރުން ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އިރަކު ދިން ކުރިއެރުމެއް ކަމެއް އަދި ކުރިއެރުން ދިނުމުގައި ބެލީ ކޮން ކަންތައްތަކަކަށް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި އަބްދުﷲ އިބްރާހީމް ސަސްޕެންޑް ކުރި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާތީ އިންފޮމޭޝަން އޮފިސަރު ވަނީ އެ މައުލޫމާތު ވެސް ދޮގުކުރައްވާފައެވެ. ނަމަވެސް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރި ކަމަށް ވިދާޅުވިއެވެ.

ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުން އަބްދުﷲ ސަސްޕެންޑް ކުރުމުން ވަގުތީ ގޮތުން އެ ޒިންމާ ހަވާލު ކުރެއްވީ މޭޖަ އިބްރާހިމް ހަލީމްއާއެވެ. އެ ޒިންމާ ދާއިމީކޮށް އެހެން އޮފިސަރަކާ ހަވާލުކުރި ކަމެއް އަދި ނޭނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.