އެމް.އާރް.އެމްގެ އިސް 8 މެންބަރުން އެޕާޓީން ވަކިވުމަކީ އެމް.އާރް.އެމް އަށް ކުރިމަތިވި ވަރަށް ބޮޑު ހިތާމައެއް ކަމުގައި އެޕާޓީން ބުނެފިއެވެ.
ޕާޓީގެ އިސް ބޭފުޅުންކޮޅެއް ޕާޓީ ދޫކުރުމާއި ގުޅިގެން އެމްއާރުއެމްއިން ނެރުނު ނޫސް ބަޔާނުގައި ވަނީ އެބޭފުޅުން އެޕާޓީއަށް ކޮށްދެއްވާފައި ޚިދުމަތްތަކަށް ޝުކުރު އަދާ ކޮށްފައެވެ.
އެމްއާއުއެމްއާއި ޚިޔާލު ތަފާތުވެ، މިއަދު ޕާޓީން ވަކިވި މެމްބަރުން ތިރީގައި މިވަނީއެވެ.
1- ޝަޒައިލް ޝިޔާމް – ޕާޓީގެ ނައިބު ރައީސް އަދި މެނޭޖިން ޑައިރެކްޓަރ: މޯލްޑިވް ގޭސް
2- މުޙައްމަދު ރާއިދު – ޕާޓީގެ އެކްސްކޯ މެންބަރު އަދި މެނޭޖިން ޑައިރެކްޓަރ އެމް.އައި.ޓީ.ޑީ.ސީ
3- ތަޒްމީލް އަބްދުލް ޞަމަދު – މެނޭޖިންގ ޑައިރެކްޓަރ އެމް.ޓީ.ޑީ.ސީ
4- އިބްރާހީމް ފަރުހަދު – ޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ރައީސް އަދި ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑިރެކްޓަރ މިނިސްޓްރީ އޮފް ޓޫރިޒަމް
5- އިސްމާއިލް ނާއިލް ނަޝީދު – ޕާޓީގެ ސްޕޯކސް ޕަރސަން އަދި ޑައިރެކްޓަރ ކޮމިނިއުކޭޝަންސް މިނިސްޓަރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް
6- މުޙައްމަދު ފައިސަލް – ޑެޕިއުޓީ އެމްބެސެޑަރ އަބޫދާބީ
7- އަބްދުލް ހަމީދު އަޙްމަދު – ޕޮލިސީ އެގްޒެކެޓިވް ޑައިރެކްޓަ މިނިސްޓަރީ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ
އެމްއާރުއެމްގެ ބަޔާނުގައިވަނީ، ޕާޓީން ވަކިވި ބޭފުޅުންގެ ނަންތައް ސިޔާސީ މަގާމްތަކަށް ފޮނުވާފައިވަނީ އެއީ އެބޭފުޅުންނަކީ ޤާބިލް ބޭފުޅުންކަމުގައި ވާތީއެވެ. އެހެންކަމުން އެބޭފުޅުން ފުރުއްވަމުން ގެންދަވާ ސަރުކާރުގެ މަޤާމުތަކުގައި އަދިވެސް އެބޭފުޅުން ދެމިތިއްބެވުމަކީ އެޕާޓީން އެދޭ ގޮތްކަމުގައިވެސް އެމްއާރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެމްއާރުއެމްގެ ބަޔާނުގައިވަނީ، މިއަދު ޕާޓީން ވަކިވި، އެކްސްކޯ މެންބަރު ހަސަން ހައްޔާން އަޙްމަދު ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް ވަކިން ޚާއްސަކޮށް ޝުކުރު އަދާ ކޮށްފައެވެ. އަދި މިހުރިހާ ބޭފުޅުންނަށް ވަރަށް ބާއްޖަވެރި ކާމިޔާބު މުސްތަޤްބަލަކަށް އެދޭކަމަށްވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެމް.އާރް.އެމްއިން ވިދާޅުވެފައިވަނީ އެޕާޓީ ފެށިގެން އައީ އަދި ކުރިއަށްދާނީވެސް ޤައުމީ މަސްލަޙަތުއިސްކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރަމުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ