ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ!

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ!

Author
ހުސެއިން
07 މެއި 2023 09:08
0

ސްޓެލްކޯގެ ކަރަންޑު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިޔަށްދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދުގެ ބައެއް ވަގުތުތަކުގެ ކަރަންޓު ކެނޑިދާނެކަމަށް އެކުންފުނިން ބުނެފިއެވެ.

މިގޮތުން މިއަދުގެ 14:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް މިމަސައްކަތް ކުރިޔަށް ދާނެ ސަރަހައްދުތަކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވަނީ ޖަނަވަރީމަގު، ބުރުޒުމަގު، ލޮނުޒިޔާރަތްމަގުގެ އިތުރުން، އަމީނީމަގާއި، ރަތްވިލާ ހިނގުމުގައެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މަސައްކަތް ކުރިޔަށްދާ ވަގުތުތަކުގައި މި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށާއި، ދިމާވާނެ ދަތިތަކަށް އާންމުންގެ ކިބައިން މާފަށް އެދޭކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.