ޕީޕީއެމްގެ ތެރޭގައި ފިތުނަ އުފެއްދުމަށް، ހަގީގަތާއި ޚިލާފް ވާހަތައް ނުފެތުރުމަށް މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކޮށްފިއެވެ.
ޕީޕީއެމްގެ ސެނެޓުގެ ކޮންޓްރޯލް ނަގަން ޑރ.މުއިއްޒު މަސައްކަތް ކުރައްވަމުންދާކަމަށް ބުނެ ދަނީ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުންނެވެ. ޕީޕީއެމްގެ ސެނެޓުގެ ކޮންޓްރޯލް ނެގުމަށް ޕީޕީއެމްގެ ގިނަ ބަޔަކަށް ސިޓީ ކައުންސިލްއިން ވަޒީފާ ދޭކަމަށްވެސް ދަނީ ތުހުމަތު ކުރަމުންނެވެ.
މުއިއްޒު ވިދާޅުވީ ވަޒީފާތައް ދީފައި ވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އެ މައްސަލަ އެކިއެކި މުއައްސަސާތަކުން އެކަން ބެލިނަމަވެސް އުސޫލުން ބޭރުން އެކަން ކޮށްފައިވާކަން ހާމަވެފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މުއިއްޒުއާއި ގުޅޭގޮތުން ދެކެވޭ ވާހަތަކާއި ގުޅިގެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީންގެ ރިޔާސީ ޓިކެޓަށް ހުރަސް އަޅައި، ޓިކެޓް ހޯދުމަށް އޭނާ މަސައްކަތް ކުރައްވާކަމަށް ދެކެވޭ ވާހަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން. މިއާއި ޚިލާފަށް އަޅުގަނޑާއި، ބެހޭގޮތުން ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ޚަބަރުތަކަކީ ހަގީގަތެއްނޫން. ޚަބަރެއް އިވުމުން އެޚަބަރެއްގެ ތެދުދޮގު، ނުބަލައި ފެތުރުމަކީ ފިތުނަވެރިކަމެއް. އެކަން ނުކުރެއްވުމަށް، އެކަން ކުރާ ފަރާތްތަކަށް ނަސޭހަތްތެރިވަން.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުން މިނިވަންވެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް، މިޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދެއްވާނެކަމަށެވެ.
ރައީސް ޔާމީން މިނިވަންވެ ވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ކާމިޔާބު ހޯއްދަވާ، މިޤައުމު ވެއްޓިފައިވާ އަނދަވަޅުން ނަންގަވައި ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދެއްވާނެ. ރައީސް ޔާމީން އަދި މިޤައުމު އަނިޔާވެރިންގެ ކިބައިން ސަލާމަތް ކުރައްވާ، އެމަނިކުފާނަށާއި، މިޤައުމަށް ހެޔޮގޮތް މިންވަރު ކުރައްވާށި.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިހެން ވިދާޅުވި ނަމަވެސް މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރު އާދަމް ރަމީޒް، މުއިއްޒު ކެންޑިޑޭޓަކަށް ހެދުމަށް ކެމްޕޭންކުރާ ކަމަށް ބުނާ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަމުން ދިޔަ އެވެ. އެހެން ނަމަވެސް އެ މައްސަލަ ބަލަމުން ދަނިކޮށް އޭނާ ވަނީ ޕީޕީއެމްއިން ވަކިވެފައެވެ. ފަހުން ޕީޕީއެމްއިން ބުނީ އެ މައްސަލަ ބެލީ ސީދާ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ އެދިވަޑައިގަތުމުން ކަމަށެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވައިފައެވެ. އެކަމާއި ގުޅިގެން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ހަނިކަމަށް ބައެއް ބޭފުޅުން ވިދާޅުވިޔަސް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެފައެވެ.
One Response
Thibey fulaa podium thakuga ya thanthaa ga dhakaa hagee gathe ney vaahaka ves vaanee fithuna ya dho enme rangalu gothakee amila nafsu islaah ko eah fahu ehen kamakaa ulun