ވެމްކޯގެ އެމްޑީ 14 ދުވަހަށް ޔޫސުފް ސިރާޖު ޕިސީބިން ސަސްޕެންޑް ކޮށްފިއެެވެ. ވެމްކޯގެ މުވައްޒަފަކު ޚަބަރު އޮންލައިންއަށް މައުލޫމާތު ދީފައިވާ ގޮތުގައި ޕީސީބިން ޔޫސުފް ސިރާޖު ސަސްޕެންޑް ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫސުފް ރިޒާ ސަސްޕެންޑް ކޮށްފައިވަނީ ވެމްކޯގައި ކުރިޔަށްދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކަށް އޭނާ ނާޖާއިޒު ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުގައެވެ. އަދި މިމައްސަ މިނިވަންކަމާއެކު ބެލުމުގެ ފުރުސަތު ހަނި ކުރުމުގެ ގޮތުން، މައްސަލަ ބަލާ ކޮމިޓީގެ މުގައްރިރު ބަދަލު ކޮށްފައިވާކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
ވެމްކޯގެ އެމްޑީކަމަށް ޔުސުފް ސިރާޖު އައްޔަން ކޮށްފައިވަނީ، އެމަގާމުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކުރިން ހުންނެވި އާދަމް މުޙައްމަދު އެމަގާމުން ފާއިތުވި އަހަރުގެ މާރޗްމަހު ވަކިކޮށް މޯލްޑިވްސް ޕޯސްޓްގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަން ކުރުމަށްފަހުއެވެ.
އެއަށްފަހު ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް ސިރާޖު ހަމަޖައްސަވާފައިވަނީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.
އޭނާ ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ، ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު، ނޮވެމްބަރު 2019 ގައި އެވެ. އޭނާވަނީ އޭގެ ކުރިން، 2011-2014އަށް ހއ. އަތޮޅުގެ އަތޮޅު ކައުންސިލަރު ކަމާއި ރައީސް ކަންވެސް ކުރައްވާފައިވެ އެވެ.
ކޮމެންޓު ފޮނުވާ