ހުވަދޫ އެއިޑްގެ ފަރާތުން ގދ.ހޯޑެއްދޫގައި މަސްތުވާތަކެތީގެ ވަބާއާއި ކުއްތަކުން އަރަގަތުމަށް ޒުވާނުންނަށް ބޭނުންވާ "ސައިކޯ ސޯޝަލް ސަޕޯޓު" ޕްރޮގްރާމް ބާއްވައިފިއެވެ.
މިއީ ޔޫ.އެސް.އެއިޑްގެ އެހީގެ ދަށުން ޓްރާސްޕޭރެންސީ މޯލްޑިވެސް އިން ކުރިއަށް ގެންދާ "ޕްރޮމޯޓިން ރެސިލިއެންސް އިން ދަ މޯލްޑިވްސް (ޕްރައިމް)" ޕްރޮގްރާމުގެ ސަބްގްރާންޓްގެ ދަށުން، ގދ. ތިނަދޫ، މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގެ ޒުވާނުންނަށް އަމާޒުކޮށްގެން ހުވަދޫ އެއިޑުން ހިންގަމުންދާ ވަލްނަރަބަލް ޔޫތު ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ.
އޭޕްރިލްމަހުގެ 28 ން 30 އަށް ކުރިއަށްދިޔަ މިތަމްރީނު ޕްރޮގްރާމުގައި މަޑަވެލި، ހޯޑެއްދޫ އަދި ތިނަދޫގެ ފަސް މުއައްސަސާތަކުން ޖުމްލަ 19 ފަރާތަކުން ބައިވެރިވިއެވެ. މަސްތުވާތަކެތީގެ ވަބާއާއި ކުއްތަކަށް އަރައިގަތުމުން ސަލާމަތްވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓު ނުވަތަ ނަފްސާނީ އިޖުތިމާއި އެޙީތެރިކަން ފޯރުކޮށްދުމަށް މުއަސްސާތަކުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަން މިތަމްރީނު ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވުނެވެ. އަދި މިފަދަ އިތުރު ޕްރޮގްރާމުތައް ކުރިއަށް އޮތްތާގައި ހިންގުމަށް ހުވަދޫ އެއިޑުން ބޭނުންވެއެވެ.
މިތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމީޔާތު ޝަރަފްކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ގދ. އަތޮޅު ކައުންސިލުގެ ރައީސް އަލްފާޟިލް ހަސަން ފައިހަތު ގުދުރަތު ﷲ އެވެ. ހަސަން ފައިހަތުގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމްތަކުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާއި، މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް، އަތޮޅު ކައުންސިލުން ޖަމްއިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވިސްނަވަމުން ގެންދާ ކަން ފާހަގަކުރެއްވިއެވެ.
މިޕްރޮޖެކްޓްގެ ދަށުން ރަށްރަށުގެ މުއައްސާތަކާއި ގުޚިގެން ކުޅިވަރު ހަރަކާތްތަކަށް އެހީތެރިވެދިނުމާއި، ޔޫތު ކޭމްޕް އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރްގަރާމެއް ވަރަށް އަވަހަށް ހިންގުމަށް ހަމަޖެހިފައިވެއެވެ.
ހުވަދޫ އެޑަކީ މީގެ ކުރިންވެސް ޒުވާނުންނަށް އަމާޒުކޮށް މިފަދަ މަޝްރޫއުތަކެއް ހިންގާފައިވާ، އަދި ރާއްޖޭގެ ހަރަކާތްތެރި ޖަމްއިއްޔަތަކުން ޖަމްއިއްޔާއެއްކަން ފަހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ