ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތް ކޮށްފި

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތް ކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 މެއި 2023 12:26
0

ސިނަމާލެ ބްރިޖު މަތިން ފުންމާލި މީހަކު ސަލާމަތް ކޮށްފިއެވެ.

ފުލުހުންނަށް މިހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:44 ހާއިރުއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބްރުޖިިމަތިން ކަނޑަށް ފުންމާލީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މީހާ ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ލޯންޗަކަށް މި މީހާ ފެނިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ބުރިޖުން ފުންމާލި މީހާ ސަލާމަތްކޮށްގެން އަވަސް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗަށެވެ.

މި މީހާ ހޮސްޕިޓަލްގައި އޮތް ކަމަށް އައިޖީއެމްއެޗުން ޔަގީންކޮށްދިން ނަމަވެސް އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ހޮސްޕިޓަލުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.