ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާއަށް އިޙްތިރާމްގެ ޒިޔާރަތް ކުރައްވައި 1988 ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޝަޙީދުވި، ޝަހީދުންނަށް އިޙްތިރާމް އަދާކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ކުރެއްވެވި މި ޒިޔާރަތުގައި، އިންޑިއާގެ ދިފާޢީ ވަޒީރު، ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ އަށް ވަޑައިގެންނެވުމުން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. އަދި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ އިން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ ޙާޒިރުގައި ދިދަވެރިން، ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކޮށް، ޝަހީދުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.
ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ އަކީ، 1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގައި ޝަޙީދުވި، ޝަހީދުންގެ މަތިވެރި ޤުރުބާނީއާއި ކުރި އަގުހުރި ޖިހާދުގެ ޒިކުރާ އާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ހަދާފައިވާ ބިނާއެކެވެ.
The Defence Minister of India, H.E.@rajnathsingh, pays tribute to fallen heroes at the 3rd November Memorial flag mounting ceremony, accompanied by Defence Minister of Maldives H.E.@MariyaDidi, @CDFofMNDF, and senior leadership of @MNDF_Official . @HCIMaldives pic.twitter.com/Las3x0xmsP
— Ministry of Defence (@MoDmv) May 1, 2023
މި ޒިޔާރަތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ސިފައިންގެ ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ކޮމެންޓު ފޮނުވާ