އެމްއެންޕީއިން ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ފަސްކޮށްފި

އެމްއެންޕީއިން ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ފަސްކޮށްފި

Author
އަޒްފާ ރަޝީދު
30 އޭޕްރިލް 2023 07:37
0

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމި ޖަލްސާ ފަސްކޮށްފި އެވެ.

އެމްއެންޕީން މަޢުލޫމާތުދޭ ގޮތުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ޓިކެޓް ހަވާލު ކުރުމަށް ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މޫސުން ތަން ނުދިނުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުއްވީ ނާޒިމް އެކަނި ކަމުން އޭނާ އަށް ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް ކަށަވަރުވިއިރު އެ ޕާޓީން އަންނަނީ ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.