ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އާލިފް ނިޔާވެއްޖެ

ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އާލިފް ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2023 02:00
0

ކެންސަރަށް ފަރުވާ ހޯދަމުން އައި ހަމަދު ސްކޫލްގެ ދަރިވަރު މުހައްމަދު އާލިފް މިރޭ ނިޔާވެއްޖެއެވެ.

ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ އާލިފަށް ކެންސަރު ޖެހިފައިވާ ކަން އެނގުނީ މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ފެށުނުތަނާ އެވެ. އެހެންވެ، އޭނާ އަށް މަޖުބޫރުވީ ކިޔެވުން މެދުކަނޑާލުމަށް ފަހު ރާއްޖެ އިން ބޭރުން ފަރުވާ ހޯދާށެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން އާލިފް އިންޑިއާގައި ފަރުވާ ހޯދަމުން އައީ ކެންސަރުގެ ވައްތަރެއް ކަމަށްވާ ހައި ގްރޭޑް ލިންފޯމާއަށެވެ. އާލިފް ނިޔާވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިރޭ ވަނީ އާއިލާ އަށް ތައުޒިޔާ ކިޔައިފައެވެ.

އާލިފަށް ކެންސަރު ޖެހުނުކަން އެނގުމާ ގުޅިގެން އޭނާގެ ކްލާސް ކުދިން އިސް ނަގައިގެން އެހީ ހޯދުމުގެ ހަރަކާތެއް ކުރިޔަށް ގެންދިޔައެވެ.

ހަމަދު ސްކޫލްގައި ފަންޑް ފޮށިތައް ބަހައްޓައިގެން އާލިފްގެ ބޭސްފަރުވާ އަށް އެހީ ހޯދުމަށް ކުރި މަސައްކަތަށް ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.