ޖަލު ގޮޅިތަކުގެ ފިނިހޫނުމިނަށް ސަމާލުވާން އިދާރާތަކަށް އަންގައިފި

ޖަލު ގޮޅިތަކުގެ ފިނިހޫނުމިނަށް ސަމާލުވާން އިދާރާތަކަށް އަންގައިފި

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2023 11:27
0

އެކި ކުށްކުށުގައި މީހުން ބަންދުކޮށްފައި ތިބޭ ތަންތަނަކީ އާއްމުކޮށްވެސް ހޫނު ތަންތަންކަމުން، މިފަދަ ހޫނު ދުވަސްވަރެއްގައި އެތަންތަނުގެ ފިނި ހޫނުމިނަށް ޚާއްސަ ސަމާލްކަމެއް ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއިން ތަންފީޒީ އިދާރާތަކަށް އަންގަވައިފިއެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ޖަލު ގޮޅިތަކާއި ބަންދު މަރުކަޒުތަކަށް ކުރާ ޒިޔާރަތްތަކުން "އާންމު ދުވަހެއްގަައި ވެސް [ގޮޅިތައް] ހޫނު ގަދަކަން ފާހަގަވެފައިވާ" ކަމަށެވެ.

އެޗްއާރްސީއެމުން އެދިފައި ވަނީ ހޫނުމިން މަތިވަމުންދާ މިންވަރަށް ރިއާޔަތް ކުރުމަށްފަހު އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި ފުލުހުންނާއި ކަރެކްޝަނަލް ސާވިސާސްގެ "ކެރިފޯރުންތެރިކަން ހުރި މިންވަރަކުން" ގޮޅިތައް އިތުރަށް ހޫނުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ވެސް އެޗްއާރްސީމުން އެދެއެވެ.

މޫސުން ލަފާ ކުރާ އިދާރާއިން ބުނެފައި ވަނީ މި ހިނގަމުންދާ މެއި މަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވާނެ ދުވަސްވަރު ކަމަށެވެ. އެހެން ބުނެފައި އޮއްވައި، މިދިޔަ ހޯމަ ދުވަހު މާލެއިން ވަނީ ރިކޯޑު މިންވަރަކަށް ހަކަތަ ބޭނުންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.