ދުނިޔޭގެ ވަރި އެންމެ ގިނަ ގައުމަކީ މިހާރުވެސް ދިވެހިރާއްކަމަށް ދުނިޔޭގެ ސްޓެޓިސްޓިކްސް ހާމަކުރާ ކުރާ ޓުވިޓަރ ހޭންޑްއަކުން ރިޕޯޓު ކޮށްފިއެވެ.
މީގެ ކުރިންވެސް ދުނިޔޭގެ ވަރީގެ ލިސްޓުން އެއްވަނަ ހޯދާފައިވާ ދިވެހިރާއްޖެ އަނެއްކާވެސް މި ލިސްޓުގެ އެންމެ ކުރިޔަށް އަރާފައިވާއިރު، މި ޓުވިޓަރ ހޭންޑްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި މިނިސްބަތް އުޅެނީ ކޮންމެ 1،000 މީހަކުން 5.9 ގައެވެ.
ރާއްޖެއާއި ޖެހިގެން ދުނިޔޭގައި ދެން އެންމެ ވަރި ގިނަ ގައުމަކީ ރަޝިއާއެވެ. އެގައުމުގެ މިނިސްބަތް ހުރީ ކޮންމެ 1،000 އަކުން 4.8 ގައެވެ. ތިންވަނައަށް ދުނިޔޭގެ އެންމެ ވަރި ގިނަ ގައުމެއްގެ ގޮތުގައި ރިޕޯޓު ކޮށްފައިވަނީ އުރުގުއާއިއެވެ. އެގައުމުގެ މިނިސްބަތް ހުރީ ކޮންމެ 1،000 މީހަކުން 4.4 ގައެވެ.
Divorces per 1,000 inhabitants:
Maldives 🇲🇻: 5.9
Russia 🇷🇺: 4.8
Uruguay 🇺🇾: 4.4
Belarus 🇧🇾: 3.4
Cuba 🇨🇺: 3.2
Latvia 🇱🇻: 3.1
Lithuania 🇱🇹: 3.0
Ukraine 🇺🇦: 3.0
USA 🇺🇸: 2.9
Denmark 🇩🇰: 2.6
Estonia 🇪🇪: 2.5
Sweden 🇸🇪: 2.4
Finland 🇫🇮: 2.4
Canada 🇨🇦: 2.1
South Korea 🇰🇷: 2.1
Norway 🇳🇴:…— World of Statistics (@stats_feed) April 23, 2023
މި ލިސްޓުގައި ވާގޮތުން ދުނިޔޭގެ އެންމެ ވަރި މަދު ގައުމެއްގެ ގޮތުގައި ފާހަގަވާން އޮތީ ޔަމަންއެވެ. މިގޮތުން، ނިސްބަތުން ބަލާއިރު، ކޮންމެ 1،000 މީހަކުން ހިސާބުކުރުމުން ވަރީގެ ނިސްބަތް ދަށްކަމުން، އެ ނިސްބަތް ރިޕޯޓު ކޮށްފައިވަނީ 0 ކަމުގައެވެ. އެގައުމާއި ޖެހިގެން ދެން އެންމެ ވަރި މަދު ގައުމުތަކުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ސްރީ ލަންކާ އަދި އުތުރު ކޮރެއާއެވެ. އެ ދެގައުމުގައިވެސް ވަރީގެ ނިސްބަތް އުޅެނީ 0.2 ގައެވެ.
ރާއްޖޭއަކީ އިސްލާމީ ގައުމެއް ނަމަވެސް، ވަރީގެ މައްސަލަތައް ބޮޑުވެ އާއިލާތައް ރޫޅުމަށް އެންމެބޮޑަށް ރާއްޖޭގެ މަގުފަހި ކޮށްދެނީ އިޖުތިމާއީ މައްސަލަތަކާއި، ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުން ކަމުގައި ވަނީ ބެލެވިފައެވެ.