މަންޓާ އެއާރއިން އައު ސީ ޕްލޭންއެއް ރާއްޖެ ގެނެސްފި

މަންޓާ އެއާރއިން އައު ސީ ޕްލޭންއެއް ރާއްޖެ ގެނެސްފި

Author
އަޒްފާ ރަޝީދު
23 އޭޕްރިލް 2023 08:35
0

މަންޓާ އެއާރގެ ޙިދުމަތް އިތުރަށް ފުޅާކުރުމަށް އެ ކުންފުނިން އިތުރު ސީޕްލޭނެއް ގެނެސްފިއެވެ.

މަންޓާ އެއާއިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ގެނައި ސީ ޕްލޭން އިއްޔެ ހަވީރު ރާއްޖެއަށް ގެނެސްފައިވާކަމަށް ބުނެފައިވެއެވެ. މަންޓާގެ އާ ސީ ޕްލޭނަކީ މިދިޔަ އާދިއްތަ ދުވަހު އެމެރިކާއިން ފުރައިގެން ރާއްޖެ އައި ބޯޓެކެވެ.

ފެބްރުއަރީ 2019 ގައި މަންޓާގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވާއިރު، މަންޓާގެ ސީޕްލޭން ދަތުރުތައް ފަށާފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.

ރާއްޖޭގެ ގިނަ ރިސޯޓްތަކަކަށް ސީޕްލޭންގެ ހިދުމަތް މަންޓާ އިން ދެމުން އަންނައިރު ރާއްޖޭގެ 3 އެއަރޕޯޓަކަށް މަންޓާއިން ދަނީ ދަތުރުކުރަމުންނެވެ. އެއީ ހޯރަފުށި، ދަރަވަންދޫ އަދި ކުޑަހުވަދޫ އެއާޕޯޓެވެ.

މަންޓާ އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.