ގާޒީ ޙަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވައިފި

ގާޒީ ޙަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2023 10:03
0

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދުގެ ފަނޑިޔާރުކަމުން ޝަރަފްވެރި ކަމާއިއެކު ރިޓަޔާ ކުރައްވައިފިއެވެ.

21 އަހަރުގެ ދިގު ޚިދުމަތަކަށްފަހު ގާޒީ ޙަަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވީ މިއަދުއެވެ. އެއީ މަޤާމުން މުސްކުޅިވެ ވަޑައިގެންނެވުމާއި ގުޅިގެންނެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މަޤާމުގައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ޙަސަން ސައީދު ޝަރުއީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށް އެ ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ތަހުނިޔާ ދަންނަވާފައެވެ. ޙަސަން ސައީދު މީގެ ކުރިން ވަނީ ފެމިލީ ކޯޓުގެ އިސްގާޒީކަންވެސް ކުރައްވާފައެވެ.

ގާޒީ ޙަސަން ސައީދު ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި ދުވަސްވަރުގައި ހިނގި ކަމަކާ ގުޅިގެން ކޮމިޝަނުން ބެލި މައްސަލައެއްގައި ދާދި ފަހުން އެ ކޮމިޝަނުން ވަނީ ޙަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކުރުމަށްވެސް ނިންމާފައެވެ. އެހެންނަމަވެސް ކޮމިޝަނުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން ވަނީ ނިންމާވަފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ގާޒީ ޙަސަން ސައީދުގެ އަމަލަކީ ޤާނޫނު އެއްފަރާތްކޮށްގެން، ޤާނޫނުގެ ސަރީޙަ ނައްސަކާ ޚިލާފުވެވަޑައިގެން ހިންގަވާފައިވާ އަމަލެއް ނޫން ކަމަށެވެ.

ޤާޟީ ހަސަން ސައީދަކީ މިސަރުކާރު އައިފަހުން ސުލޫކީ މައްސަލަތައް ބަލައި އެކި ފިޔަވަޅުތައް އެޅި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.